ރޯދަ ވީއްލުމަށް ސިއްޙަތަށް ފައިދާހުރި އަނގައަށް މީރު ކެއުމެއް ބޭނުން ހެއްޔެވެ؟ އެހެންނަމަ ތިރީގައި މިވާ އޯޓްސް ކުކީސްގެ އަޖުމަ ބަލާލުން ރަނގަޅުވާނެއެވެ. މިއީ ފަސޭހައިން ތައްޔާރު ކޮށްލެވޭ ރޯދަ ވީއްލުމަށް ހަމަ އެންމެ ރަނގަޅު ކެއުމެކެވެ.
ބޭނުންވާ ތަކެތި
- 1 ޖޯޑު ކުކިންގް އޯޓްސް
- 1 ޖޯޑު ހަކުރު
- 4/1 ޖޯޑު ގޮދަން ފުށް
- 2/1 ޖޯޑު ބަޓަރު (ވިރުވާފައި)
- 1 ބިސް
- 2/1 ސައި ސަމުސާ ބޭކިންގް ސޯޑާ
- 1 ސައި ސަމުސާ ވެނީލާ އެސެންސް
- 2/1 ސައި ސަމުސާ ލޮނު
ހަދާނެ ގޮތް
- 1165°C ގައި އަވަން ހޫނު ކުރާށެވެ. ބޭކިންގް ޝީޓްސްތައް މަތީގައި ފޮއިލް އެޅުމަށްފަހު ތަތްނުލަވާ ވަރަށް ބަޓަރު ހާކާލާށެވެ.
- މެދު ސައިޒުގެ ތަށްޓެއްގައި އޯޓްސް، ގޮދަން ފުށް، ލޮނު އަދި ބޭކިންގް ސޯޑާ ރަނގަޅަށް އެއްވަންދެން އެއްކުރާށެވެ.
- އެއަށްފަހު އެހެން ތަށްޓެއްގައި ހަކުރާއި ބަޓަރު އެއްކޮށް ބިހާއި ވެނީލާ އެސެންސް އަޅައި ގިރާލާށެވެ. ރަނގަޅަށް އެއްވުމުން އޯޓްސް އާއި ފުށް އެއްކޮށް ހާކާށެވެ.
- ފުށްގަނޑު މޮޑަވުމުން ތައްޔާރުކުރި ބޭކިންގް ޝީޓްސް މަތީ 2 އިންޗި ދުރުމިނުގައި ފުށްގުޅަތައް އަތުރާލާށެވެ. އަދި އެއަށްފަހު 165°C ހޫނުމިނުގައި 12-10 މިނެޓު ވަންދެން ފިހާށެވެ. ރަނގަޅަށް ފިހެވުމުން ކުކީސްތަކުގެ ކައިރިއަށް މަޑު ރަންކުލައެއް އަރާނެއެވެ.
ކިރު ނުވަތަ ސަޔާއެކު ސުފުރާއަށް އިންސާފު ކުރާށެވެ.