ރައީސް މުހައްމަދު މުއިއްޒު މާފަންނުގެ ރައްޔިތުންނާއެކު އަންނަ ބުރާސްފަތި ދުވަހު ބާއްވާ ބައްދަލުވުމުގައި ހިޔާލުފާޅު ކުރަން ބޭނުންވާ މީހުން އަންގައި ދިނުމަށް އެދި، މާފްނަނު މެދު ދާއިރާގެ ރައްޔިތުންނަށް، އެ ދާއިރާގެ މެންބަރު އަސްމާ ރަޝީދު މެސެޖު ކުރެއްވުމުން، އެކަމާ ކޯފާ އިސްކުރައްވައި، އަސްމާ "ސައިޒް" ކޮށްލައިފި އެވެ.
ރައީސް މުއިއްޒުގެ ހަރުކަށި އެންގެވުމަކަށް އަސްމާއަށް އެޅުއްވި ފިޔަވަޅުތަކުގެ ތެރޭގައި އަސްމާ އިނގިރޭސި ވިލާތަށް ކުރައްވަން ނިންމާފައި އޮތް މަޖިލީހުގެ ދަތުރެއްގައި ދެން ނުފޮނުވޭނެ ކަން އެންގުން ހިމެނެ އެވެ.
ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން "ހުރިހާ"އަށް ވިދާޅުވީ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުންނާއި ޔޫކޭ-މޯލްޑިވްސް ފްރެންޑުޝިޕްގެ ގްރޫޕްގެ ޗެއާގެ މަގާމުން އޭނާ ވަކިކޮށްފައިވާ ކަމަށެވެ.
"ރައީސް މުއިއްޒު ވަނީ ދާއިރާގެ ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް އަސްމާއަށް އަންގަވާފައި،" އޭނާ ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ރައީސްގެ ބައްދަލުވުންތަކުގައި މިނިވަންކަމާއެކު ހިޔާލު ފާޅު ކުރެވޭނެ ކަމަށެވެ. އަދި ކުރީ ބައިގައި ސުވާލު ހުށަހަޅަން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާފަންނު ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރެއްވުން އޮންނާނީ ޑިސެމްބަރު 4، ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ތާޖުއްދީން ސްކޫލުގަ އެވެ.
ވައިބާ ހެކްކޮށް މަކަރާއި ހީލަތުން 150،000ރ. ނެގި މީހަކު ހައްޔަރު
ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް ޕީއެންސީ ސެނެޓް މެމްބަރު ޝަހީދު
ވޯލްޑް ކަޕް 2026 ގެ މެޗުތަކުގެ ޝެޑިއުލް އާންމުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް ފިޔަވަޅު އެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް އޮވޭތޯ. އެއީ ކޮން ގާނޫނަކުން، ގަވާއިދަކުން ތޯ
ރިޕްލައި