ސްރީލަންކާގައި އެސްޓްރާޒެނެކާ ކޮވިޑް ވެކްސިން ދިން 6 މީހަކަށް ލޭ ގަނޑުވުމުގެ މައްސަލަތައް ދިމާވެފައިވާ ކަމަށް ރިޕޯޓުތައް ލިބިފައިވާ ކަމަށް އެ ގައުމުގެ ސިއްހީ އިދާރާތަކުން ބުނެފި އެވެ.
އޭގެ ތެރެއިން ތިން މީހަކު މިހާތަނަށް މަރުވެފައިވާއިރު ދެންތިބި މީހުންގެ ހާލު ސީރިއަސް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އިންޑިއާގައި އުފައްދާ އެސްޓްރާޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒް މިހާތަނަށް އެގައުމުގައި މިލިއަނަކަށްވުރެ ގިނަ މީހުންނަށް ދީފައިވާއިރު މި ވެކްސިން ދިނުން ހުއްޓާލާނެ ކަމުގެ އެއްވެސް ރަސްމީ އިއުލާނެއް އަދި ކޮށްފައި ނުވެ އެވެ.
އެސްޓްރާޒެނެކާ ވެކްސިނުން ލޭގަނޑުވުމުގެ މައްސަލަ ދިމާވެ، ޔޫރަޕްގެ ބައެއް ގައުމުތަކުގައި އެ ވެކްސިން ދިނުން މަޑުޖައްސާލާފައިވެ އެވެ. ރާއްޖޭގައި ގިނަ ބަޔަކަށް ދެނީ އެސްޓްރާޒެނެކާ ކޮވިޝިލްޑް ވެކްސިނެވެ. -- ރޮއިޓާސް
ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ރިޓަޔާކުރައްވައިފި
ކުލާހުގައި ޓެކްނޮލޮޖީ ބޭނުން ކުރާނަމަ ކިޔެވުމަށް ހުރަސް އެޅޭ!