ސްރީލަންކާއަށް ބުރާސްފަތި ދުވަހު އެރި ތޫފާން "ޑިޓުވާ" ދަތުރުކުރަމުން ދަނީ ރާއްޖެއާ ދުރަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ ބުނެފި އެވެ.
މެޓް އޮފީހުން މިއަދު ހިއްސާކުރި މޫސުމާބެހޭ މައުލޫމާތުގައި ބުނެފައިވަނީ ތޫފާން "ޑިޓުވާ" މިހާރު ހުރީ ހއ. ކެލާގެ އިރު އުތުރުން ގާތްގަނޑަކަށް 879 ކިލޯމީޓަރު ދުރުން، ސްރީލަންކާގެ އުތުރު އައްސޭރިފަށުގައި ކަމަށެވެ. އަދި މި ތޫފާން ދަތުރު ކުރަމުން ދަނީ އުތުރު ހުޅަގުއުތުރަށް، އިންޑިއާގެ އުތުރު ޓަމިލްނާޑޫ، ފޫޑޫޗެރީ އަދި އަންދްރަ ޕްރަދޭޝްގެ ދެކުނު އައްސޭރި ފަށާއި ދިމާއަށް، ރާއްޖެއާއި ދުރަށް ކަމަށް ވެސް އެ އިދަރާއިން ވަނީ ބުނެފަ އެވެ.
މި ތޫފާނާ ގުޅިގެން ހުދު ސަމާލު ނެރެވުނީ މެޓް އޮފީހުގެ އެލާޓް ދަރަޖަ ކުރެވިފައިވާ ސަހައްދަށް ތޫފާން ވަނުމުން ކަމަށާއި ތޫފާނާއި ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރު ވެސް ދެކުނާއި މެދު ރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ވެސް މެޓުން ވަނީ ބުނެފަ އެވެ.
ފާއިތުވި 48 ގަޑިއުރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ވިއްސާރަ ކޮށްފައިވެ އެވެ. އެގޮތުން އިއްޔެ މެންދުރު ފަހުން ފެށިގެން ރޭގަނޑު އަށަކަށް ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ވަނީ ހުދު ސަމާލު ނެރެފަ އެވެ.
މެޓް އޮފީހުން ވަނީ އަންނަ އަންގާރަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް ލަފާކޮށްފަ އެވެ.
"ޑިޓުވާ" ތޫފާނުގެ ސަބަބުން ބުރާސްފަތި ދުވަހު މޫސުން އިތުރަށް ގޯވެސް އަވަށްޓެރި ލަންކާގެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެ 56 މީހަކު ވަނީ މަރުވެފަ އެވެ. ފެންބޮޑުވެ އެތައް ގެއެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ވެސް އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނެ އެވެ.
ސެންޓުގެ ވަސް ގިނައިރު ދެމެހެއްޓޭނެ ގޮތެއް!
ވައިބާ ހެކްކޮށް މަކަރާއި ހީލަތުން 150،000ރ. ނެގި މީހަކު ހައްޔަރު