މިދިޔަ ހަފްތާ ތެރޭގައި ސިންގަޕޫރުގައި އޮތް "ވިކެޑް: ފޯ ގުޑް"ގެ ޕްރިމިއާ ރެޑް ކާޕެޓްގައި އެރިއާނާއަށް ފުރައްސާރަކުރި މީހަކު އެ ގައުމުން ޑީޕޯޓް ކޮށްލައިފި އެވެ.
އޮސްޓްރޭލިއާއަށް ނިސްބަތްވާ އެ މީހާ އެންމެ ފުރަތަމަ ހައްޔަރުކޮށް ނުވަ ދުވަހަށް ޖަލަށް ލާން ހުކުމްކުރީ އާއްމު ތަނެއްގައި މީހުންނަށް އުނދަގޫވާ ގޮތަށް އުޅުމުގެ ކުށުގަ އެވެ.
އެހެން ނަމަވެސް ފަހުން އެ ނިންމުން ބާތިލްކޮށް ސިންގަޕޫރުން އޭނާ ޑީޕޯޓްކޮށް އެ ގައުމަށް ދެން ދުވަހަކު ވެސް އެތެރެވުން ވަނީ މަނާކޮށްފަ އެވެ.
ހަބަރުތައް ބުނާ ގޮތުގައި ޖޯން ނަމަކަށް ކިޔާ އެ މީހާ ހައްޔަރުކުރީ ޕްރިމިއާގެ ތެރެއިން އެރިއާނާގެ ހަށިގަނޑުގައި އޮޅުލައިގަނެ އޭނާ ގެންދަން އުޅުމުންނެވެ.
އެ ހާދިސާއަށްފަހު އޭނާ މިނިވަން ވެއްޖެ ކަމަށް ބުނެ އިންސްޓަގްރާމްގައި ޕޯސްޓެއް ކޮށްފައިވާއިރު އޭގެ ސަބަބުން ސިންގަޕޫރުގައި ނުތަނަވަސްކަން އުފެދުނެވެ.
ނަތީޖާއަކަށް ވެގެން ދިޔައީ ކަމާބެހޭ އިދާރާތަކުން އެކަމަށް ފިޔަވަޅު އަޅައި އޭނާ ޑީޕޯޓް ކޮށްލުމެވެ. ސިންގަޕޫރަކީ އެފަދަ ކުށްތަކަށް ހަރުކަށި އަދަބުދޭ ގައުމެއްކަން ފާހަގަކުރެވެ އެވެ.

ދިރާގުން ދޭ ފަހު ސްޕީޑް ބޯޓު ހޯދުން މިމަހުގެ ނިޔަލަށް
ގިނަ ގައުމުތަކުން ޓްރަމްޕްގެ ގޮވާލުމަށް ނޫނެކޭ ބުނެފި
ޖިއްދާގައި ރަމަޟާން މަހުގެ ތަޖުރިބާ ވަރަށް ތަފާތު!