ހޮލީވުޑްގެ ކާމިޔާބު ޕްރޮޑަކްޝަން ކުންފުނި، ޑިޒްނީއިން އަންނަނީ އެ ކުންފުނީގެ އެނިމޭޓަޑް ފިލްމުތަކުގެ ލައިވް އެކްޝަން ފިލްމުތައް އެއް ފިލްމަށްފަހު އަނެއް ފިލްމު ނެރެމުންނެވެ.
އެގޮތުން އެންމެ ފަހުން ޑިޒްނީއިން ލައިވް އެކްޝަަން ފިލްމެއް އުފައްދަން ނިންމި އެއް އުފެއްދުމަކީ ކާމިޔާބު ކާޓޫން "މޯނާ" އެވެ. އެ ފިލްމުގެ ފުރަތަމަ ޓީޒާ މިހާރު ވަނީ އާއްމު ކޮށްފަ އެވެ.
2016 ވަނަ އަހަރު ނެރުނު އެނިމޭޓަޑް ފިލްމު "މޯނާ"ގެ ލައިވް އެކްޝަން ޓްރެއިލާ އާއްމު ވެފައިވާއިރު މިހާތަނަށް އެ ޓްރެއިލާއަށް ލިބިފައިވަނީ ފިނި ތަރުހީބެކެވެ.
އެގޮތުން އެ ޓީޒާ ބެލި ބައެއް މީހުން ބުނާ ގޮތުގައި ލައިވް އެކްޝަން ފިލްމުގައި މާ ބޮޑަށް އޭއައި ބޭނުން ކޮށްފައިވާތީ ފިލްމުގެ އަސްލު ވަނީ އޮޅިފަ އެވެ.
މީގެ އިތުރުން ވެސް އެ ފިލްމަކީ އާމްދަނީ ހޯދުމުގެ ބޭނުމުގައި ކްލެސިކް އުފެއްދުމެއްގެ ނަން ހަޑިކުރަން އުފައްދާ ފިލްމެއް ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.
ޑިޒްނީއިން ވަނީ މީގެ ކުރިން ވެސް އެ ކުންފުނީގެ ކާމިޔާބު އެނިމޭޓަޑް ފިލްމުތަކުގެ ލައިވް އެކްޝަން ފިލްމުތައް އުފައްދާފަ އެވެ. އޭގެ ތެރެއިން ގިނަ ފިލްމުތައް ކާމިޔާބުވެސް ވި އެވެ.
ބަފައިންނާއެކު ވަގުތު ހޭދަކުރާ ދަރިންގެ ހަޔާތުގައި ތަފާތުތަކެއް!
ވީއައިުއޭގައި އީގޭޓްތައް ހަރުކުރަން ފަށައިފި