ހޮލީވުޑްގެ މަޝްހޫރު ތަރި ޖެނިފާ ލޮރެންސްގެ އަމިއްލަ ފިލްމުތައް ރިލީޒް ކުރާއިރު ވަރަށް ބޮޑަށް ޖެހިލުންވެ ބިރުގަންނަ ކަމަށް އޭނާ ބުނެފި އެވެ.
ޖެނިފާ އޭނާގެ ފިލްމުތަކާ ބެހޭގޮތުން ވާހަކަ ދައްކަމުން ބުނެފައިވަނީ ފިލްމުތައް ރިލީޒްކުރާއިރު ބެލުންތެރިންގެ ފަރާތުން ލިބޭނެ ބަހެއް ނޭނގޭތީ ބިރުގަންނަ ކަމަށެވެ.
އެގޮތުން ފިލްމެއް ރިލީޒްކުރާއިރު ބެލުންތެރިން އެ ފިލްމާ މެދު ދެކޭނެ ގޮތެއް އެއްވެސް ވަރަކަށް ނޭނގޭ ކަމަށާއި އެއީ އޭނާގެ ހިތުގައި އަބަދުވެސް އޮންނަ ބިރެއް ކަމަށް ޖެނިފާ ބުންޏެވެ.
"ފިލްމު ކިތަންމެ މޮޅަސް އާއްމުން އެ ފިލްމު ބަލައިގަންނާނެ ކަމެއް ނުވަތަ ނޫން ކަމެއް އަހަރުމެންނަކަށް ނޭނގޭ. އެހެންވީމަ އެންޒައިޓީއަށް މަގުފަހިވޭ" ޖެނިފާ ބުންޏެވެ.
ޖެނިފާ މި ބީދައިން ވާހަކަ ދައްކާފައި މިވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ޑައި މައި ލަވް" ރިލީޒްކުރިތާ ގާތްގަނޑަކަށް ހަފްތާއެއް ފަހުންނެވެ.
އެ ފިލްމު މިހާރު ސިނަމާތަކުގައި ދައްކަމުން އަންނައިރު ފިލްމަށް ގިނަ ބައެއްގެ ތަރުހީބު އަންނަނީ ލިބެމުންނެވެ.
ޗެއާޕާސަން ކަމަށް ކުރިމަތިލީ އެމްޑީޕީ ރާވާލަން: މީކާއީލް
އެންޒައިޓީ: ނަފްސާނީ ނުތަނަވަސްކަމުން ޖިސްމާނީ ބަލިތަކަށް!
މެޓް ގާލާ 2026: ކަރަންގެ ފުރަތަމަ ފެނިލުމަށް ތައުރީފު އޮހެނީ!