ދެހާހުގެ ކުރީކޮޅުގެ އަހަރުތަކުގައި ބޮލީވުޑުން އާއްމުންގެ ބޮޑު މަގުބޫލު ކަމެއް ހޯދި އެކްޓަރު އިމްރާން ޚާން 10 އަހަރަށްފަހު ފިލްމުތަކަށް އަންނަން ތައްޔާރުވަމުން އެބަދެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި ދިގު މެދުކެނޑުމަކަށްފަހު އިމްރާން ފެނިގެންދާ ފިލްމުގެ ޝޫޓިން ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތަކެވެ.
މިކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން އިމްރާން ބުނީ އޭނާގެ ފިލްމުގެ ޑައިރެކްޓަރަކީ މީގެ 15 އަހަރު ކުރިން އޭނާ ކުޅުނު ފިލްމު "ބްރޭކް ކޭ ބާދް"ގެ ޑައިރެކްޓަރު ކަމަށާއި މިއީ 15 އަހަރަށްފަހު އެ ދެމީހުން އެކުގައި ކުރަން އެންމެ ރަނގަޅު މަސައްކަތް ކަމަށެވެ.
"ދިރިއުޅުމުގައި އަހަރުމެން ދެމީހުން ވެސް އާ ތަޖުރިބާތަކެއް ކޮށްފިން. އޭނާ ކައިވެނި ކޮށްފި، އަހަރެންގެ ކައިވެނި ރޫޅިއްޖެ. މިއީ 15 އަހަރަށްފަހު ކުރަން އެންމެ ރަނގަޅު މަސައްކަތް" އިމްރާން ބުންޏެވެ.
މި ފިލްމުގައި އިމްރާންއާއެކު ފެނިގެންދާނީ ބޫމީ ޕަޑްނޭކަރެވެ. އިމްރާން ބުނީ ބޫމީ ފިލްމަށް ނަގަން ނިންމި ނިންމުމަކީ އޭނާގެ ހުނަރަށް ބެލުމަށްފަހު ނިންމި ނިންމުމެއް ކަމަށެވެ.
މީގެ ދިހަ އަހަރު ކުރިން އިމްރާން ފިލްމީ ދާއިރާއަށް ދިއުމުގެ ކުރިން އޭނާ އެންމެ ފަހުން ފެނުނީ ކަންގަނާ ރަނޯޓްއާއެކު "ކައްޓީ ބައްޓީ"އިންނެވެ.
މި ތަންތަނުގައި ފޯނު ބާއްވައިގެން ނުވާނެ!
ޣައިރުގާނޫނުގައި މަތިއަޅަން ވެސް ހުށަހެޅީ ގާނޫނާހިލާފު އިސްލާހެއް
ބަރުދަން ލުއި ކުރަން ސަމާލުވާންވީ ކާ ގަޑިތަކަށް!