މި ފަހަކަށް އައިސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަގުބޫލު ކަމެއް ހޯދި ލަބޫބޫ ބުދުތަކުގެ ފިލްމެއް އުފައްދަން ސޮނީ ޕިކްޗާސްއިން ނިންމައިފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި ސޮނީ ޕިކްޗާސް އިން މިކަން ޔަގީން ކޮށްދީފައިވާއިރު މި ފިލްމުގެ ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.
އެހެން ނަމަވެސް މި ފިލްމު ގެނެސްދެވޭނީ ލައިވް އެކްޝަން ކޮށް ކަމެއް ނުވަތަ އެނިމޭޓަޑް ކޮށް ކަމެއް އަދި ޔަގީން ނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ހޮންގްކޮންގްއަށް ނިސްބަތްވާ އިލުސްޓްރޭޓަރެއް އެންމެ ފުރަތަމަ ލަބޫބޫ ބުދެއް އުފެއްދީ 2015ގަ އެވެ. އެހެން ނަމަވެސް އެ ބުދުތަކުގެ މަގުބޫލުކަން އިތުރުވީ މި އަހަރު ތެރޭގަ އެވެ.
އެ ބުދުތަކަށް އެހާބޮޑު މަގުބޫލުކަމެއް ލިބުމުގެ ފަހަތުގައި ވަނީ ބުދުތައް އުފެއްދި ކުންފުނިން ގެންގުޅުނު "ބްލައިންޑް ބޮކްސް" ކެމްޕެއިންގެ ސަބަބުންނެވެ.
އެގޮތުން އެ ފޮށި ގަނެ ހުޅުވުމުގެ ކުރިން އޭގެ ތެރޭގައިވާ އެއްޗެއް ނޭނގޭއިރު އެކަމުގެ ސަބަބުން އެ ބުދުތަކުގެ އަގު ވެސް އަރައިގެން ދިޔަ އެވެ.
ފުވައްމުލަކަށް މިހާރު ދޫކުރަނީ މިންގަނަޑަށް ފެތޭ ރަނގަޅު ފެން
"އަލްވަދާއު"ގެ ޓައިޓަލް ލަވަ މާދަމާ ނެރެނީ!
ތައިލެންޑާއި ދުބާއީއަށް އެއާ އެމްބިއުލާންސް ދަތުރުތައް ފަށަނީ