ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް)ގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް ދިރާގުން އިނާމު ހަވާލުކޮށްފިއެވެ.
ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އަހަރުގެ ޑީއެމްއާރްއާރްގައި ވަނަވަނައަށް ހޮވުނު ދުވުންތެރިންނަށް ޖުމްލަ 256،000 ރުފިޔާގެ ފާއިސާގެ އިނާމު ވަނީ ދީފަ އެވެ. އެގޮތުން، 21.1K ކެޓެގަރީގެ ޗެމްޕިއަނަށް 25,000 ރުފިޔާގެ ފައިސާގެ އިނާމު ދިރާގުން ހަދިޔާކޮށްފައިވާއިރު ރަނަރަޕްއަށް 15,000 ރުފިޔާ އަދި ސެކަންޑް ރަނަރަޕްއަށް 10,000 ރުފިޔާގެ އިނާމު ވަނީ ދީފަ އެވެ.
އަދި 10K،5K އޯޕަން އަދި 5K ކޯޕަރޭޓް ކެޓެގަރީތަކުގެ ޗެމްޕިއަނުންނަށް 10,000 ރުފިޔާ، ރަނަރަޕްއަށް 8,000 ރުފިޔާ އަދި ސެކަންޑް ރަނަރަޕްއަށް 6,000 ރުފިޔާގެ ފައިސާގެ އިނާމުވެސް ވަނީ ހަވާލުކޮށްފަ އެވެ.
މީގެ އިތުރުން 5K ސްކޫލް ކެޓެގަރީގެ ވަނަތައް ހާސިލްކުރި ދަރިވަރުންނަށް ވަނީ ހާއްސަ ގިފްޓް ވައުޗާ ހަވާލުކޮށްފަ އެވެ. އެއީ ޗެމްޕިއަނުންނަށް 5,000 ރުފިޔާ، ރަނަރަޕްއަށް 3,000 ރުފިޔާ އަދި ސެކްންޑް ރަނަރަޕް އަށް 1,000 ރުފިޔާގެ ވައުޗަރުތަކެވެ.
މި ހާއްސަ ހަފްލާގައި ދިރާގުން ވަނީ 21.1K އަދި 10K ކެޓެގަރީތަކުން 45 އިން 50 އަހަރާއި، 51 އިން 55 އަހަރާއި، 56 އިން 60 އަހަރު އަދި 61 އިން 65 އަހަރުގެ އުމުރުފުރާތަކުން 1ވަނަ، 2ވަނަ އަދި 3ވަނައަށް ދިޔަ ފަރާތްތަކުގެ އަގުވަޒަންކޮށް ހާއްސަ ސެޓްފިކެޓް ހަވާލުކޮށްފަ އެވެ.
މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު، އިސްމާއިލް ރަޝީދު ވިދާޅުވީ ނަޒަރުގައި ދިރާގު މޯލްޑިވްސް ރޯޑްރޭހަކީ ރާއްޖޭގައި ބޭއްވޭ އެއްމެބޮޑު ދުވުމުގެ ރޭހުގެއިތުރުން، ކުޑަކުދިންގެ ހައްގުތަށް ރައްކައުތެރިކުރުމުގެ ޝިޔާރުގައި ހިންގޭ، އަދި މިކަމަށް މަސައްކަތްކުރާ އެތައް ޖަމްއިއްޔާއަކަށް މަންފާލިބޭ ބޮޑު އިޖްތިމާއީ ހަރަކާތެއް ކަމަށެވެ.
"މި ދުވުން ރަމްޒު ކޮށްދެނީ މުޖުތަމައުގެ އެއްބައިވަންތަކަމާއި، އެންމެންގެބައިވެރިވުން، އަދި ދެމެހެއްޓެނިވި ވެށްޓެއް ކަށަވަރުކުރުމަށް އަޅުގަޑުމެން ކުރަމުންދާ މަސައްކަތް. ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ ބައިވެރިން އަދި އެހީތެރިވެދެއްވި ފަރާތްތަކުން މި މިކަމަށްދެއްވައި ތަރުހީބަށާއި އަދި މިއަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ކާމިޔާބު ރެކޯޑް ރޭހަކަށް ހެއްދެވުމަށް ދެއްވި އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަން،''
ދިރާގުން ވަނީ މި ހަފްލާގައި ޖުމްލަ 678،800 ރުފިޔާ ރޯޑް ރޭހުގެ އެންޑޯސްޑް އެން.ޖީ.އޯތަކަށް ހަދިޔާކޮށްފަ އެވެ. އެގޮތުން ރޭހުގެ ބައިވެރިން އެންމެ ގިނައިން ނޮމިނޭޓްކުރި ފަސް އެންޖީއޯއަކަށް ޖުމްލަ 200،000 ރުފިޔާގެ ފައިސާގެ އިނާމު ދިރާގުން ވަނީ ހުށަހަޅާފަ އެވެ. އަދި ބައިވެރިންގެ ރަޖިސްޓްރޭޝަން ފައިސާގެ ބަޔަކާއި ހާއްސަ ބިބް ނަމްބަރު ވިއްކައިގެން ލިބުނު ފައިސާވަނީ ރޯޑް ރޭހުގެ އެންޑޯސްޑް 13 އެންޖީއޯއަށް ހަވާލުކޮށްފަ އެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު ދުވުމުގެ އިވެންޓެވެ. އެގޮތުން މިއަހަރު މި ބޭއްވި މި ދުވުމުގެ 16 ވަނަ އެޑިޝަން ބާއްވާފައި ވަނީ 24 އޮކްޓޫބަރު 2025 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. 4،500 އަށް ވުރި ގިނަ ބައިވެރިން މި ދުވުމުގައި ރެޖިސްޓާ ކުރިއިރު 44 ގައުމެއްގެ ދުވުންތެރިން ބައިވެރިވި އެވެ. އަދި 28 ސްކޫލާއި 128ޱކޯޕަރޭޓް ޓީމް ވަނީ ބައިވެރިވެފަ އެވެ. މީގެ އިތުރުން، މިއަހަރުގެ ރޭހުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ވަނީ ހާއްސަ ލަނޑުދަނޑިއެއް ހާސިލުކޮށްފަ އެވެ. މި ގޮތުން، ޑީއެމްއާރްއާރް ބޭއްވުމަށް ބޭނުންކުރި ކަރަންޓުގެ މިންވަރު ގްރިޑް-ޓައިޑް ސޯލާ ސިސްޓަމް މެދުވެރިކޮށް ވަނީ 100 ޕަސެންޓް އޮފް-ސެޓްކޮށްފަ އެވެ.
މި ހަފްލާގައި ދިރާގުން ވަނީ އަންނަ އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް 30 އޮކްޓޫބަރު 2025 ގައި ބާއްވާނެކަމަށްވެސް އިއުލާނުކޮށްފަ އެވެ.
ޑީއެމްއާރްއާރްއަކީ ވޯލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025 ގައި އިނާމު ލިބުނު ފަރާތްތަކަކީ:
21.1K– ފިރިހެން
• ސަންތޯޝް ބިކްރަމް ބިސްޓް – ޗެމްޕިއަން
• އަޖިތް ކުމާރް ޔާދަވް – ރަނަރަޕް
• ކިރަން ސިންގް ބޮގާޓީ ރާޖްވާރް – ސެކަންޑް ރަނަރަޕް
21.1K – އަންހެން
• ޕުލްމަތި ރަނާ – ޗެމްޕިއަން
• އައިޝަތު ޖިނާނީ އިބްރާހީމް – ރަނަރަޕް
• ވެނެސާ ޑޯޒިއާ – ސެކަންޑް ރަނަރަޕް
10K– ފިރިހެން
• މުހައްމަދު އިރުފާން – ޗެމްޕިއަން
• އަބްދުالله ނާސިހު – ރަނަރަޕް
• މުހައްމަދު ރަޝީދު – ސެކަންޑް ރަނަރަޕް
10K – އަންހެން
• ސުމިތްރާ ކުމާރީ ޗައުދަރީ – ޗެމްޕިއަން
• އައިޝަތު ބިންތު އަހްމަދު – ރަނަރަޕް
• އަނާން އަހްމަދު ރަޝީދު – ސެކަންޑް ރަނަރަޕް
5K އޯޕަން – ފިރިހެން
• އަޖިތް ކުމާރް ޔާދަވް – ޗެމްޕިއަން
• ކިރަން ސިންގް ބޮގާޓީ ރާޖްވާރް – ރަނަރަޕް
• ސަންތޯޝް ބިކްރަމް ބިސްޓް – ސެކަންޑް ރަނަރަޕް
5K އޯޕަން – އަންހެން
• ސުމިތްރާ ކުމާރީ ޗައުދަރީ – ޗެމްޕިއަން
• ޕުލްމަތީ ރަނާ – ރަނަރަޕް
• އައިޝަތު ޖިނާނީ އިބްރާހީމް – ސެކަންޑް ރަނަރަޕް
5K ސްކޫލް 13 އަހަރުން މަތީގެ - ފިރިހެން
• އައިދް އަބްދުﷲ ރިފާއު - ޗެމްޕިއަން
• އިސްމާއިލް މުލްހާމް އާޒިމް – ރަނަރަޕް
• އިޒްޔާން އިސްމާއިލް ދީދީ – ސެކަންޑް ރަނަރަޕް
ކުރީގެ ޔޫތު މިނިސްޓަރު މަހުލޫފް ޕީއެންސީއަށް ސޮއިކޮށްފި
ރިޝީގެ މަރަށްފަހު އާއިލާއަށް ފުރައްސާރަ އަމާޒުވީ ކީއްވެ؟
ރައްކާތެރިކަން ކަށަވަރު ނުކޮށް ގޭގެއަށް ފެން ދޫކުރަނީ
