ހަ އަހަރު ދުވަހު އެކުގައި އުޅުމަށްފަހު ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ޖޯ ޖޯނަސްއާއި ސޯފީ ޓާނާގެ ކައިވެނި ރޫޅުނީ 2023 ވަނަ އަހަރުގެ ތެރޭގަ އެވެ.
އެ ދެތަރިންގެ ކައިވެނި ރޫޅެން މެދުވެރިވި ސަބަބު މީޑިއާއަށް އެނގިފައިނުވާއިރު މިދިޔަ އަހަރު ލަންޑަންގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ސޯފީ ވަނީ އެކަމާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.
ސޯފީ ބުނީ އެކަމުގެ މާ ބޮޑު ތަފްސީލެއް ދެވެން ނެތް ކަމަށާއި އެހެން ނަމަވެސް އެ ދެތަރިންގެ ގުޅުމަކީ އުފާވެރި ގުޅުމެއް ކަމަށާއި އެ ގުޅުމަށް ނިމުން އައި ގޮތް ވަރަށް ހިތާމަވެރި ކަމަށެވެ.
2019 ވަނަ އަހަރު ކައިވެނި ކުރުމަށްފަހު ސޯފީ ވަނީ ޖޯއާއެކު އޭނާގެ ދިރިއުޅުން އެމެރިކާއަށް ބަދަލުކޮށްފަ އެވެ. އެހެން ނަމަވެސް ވަރިވުމަށްފަހު މިހާރު ސޯފީ ދިރިއުޅެމުން އަންނަނީ ލަންޑަނުގަ އެވެ.
އެމެރިކާގައި ދިރިއުޅެމުން އައި ދުވަސްވަރު އާއިލާއާއި ރަހުމަތްތެރިންނާ ދުރުގައި އުޅެން ޖެހުމުން ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ސޯފީ ބުންޏެވެ.
ޖޯއާއި ސޯފީގެ ކައިވެންޏަށް ދެ ކުދިން ލިބިފައިވާއިރު އެ ދެމީހުން ވަނީ އެމީހުންގެ ދަރިންގެ ބަލަދުވެރިކަން ހިއްސާ ކުރަން އެއްބަސްވެފަ އެވެ.
ޖޯ ކައިރިން ވަރިވުމަށްފަހު ސޯފީ މިހާރު އުޅެނީ އިނގިރޭސި ޝަހްސިއްޔަތެއް ކަމަށްވާ ޕެރެގްރިން ޕިއާސަންއާ ލޯބީގެ ގޮތުން ގުޅިގެންނެވެ.
ސަލްމާން ނޫނެކޭ ބުނި ގިނަ ފިލްމުތައް ޝާހްރުކް ޚާންއަށް!
ބީއެމްއެލް މެދުވެރިކޮށް 3000 ފްލެޓް އަޅަން ބިން ހަވާލުކޮށްފި
ރިޝީގެ މަރަށްފަހު އާއިލާއަށް ފުރައްސާރަ އަމާޒުވީ ކީއްވެ؟