ރާއްޖޭގައި އެއް ދުވަސް ތެރޭގައި އެންމެ ގިނަ މަޝްރޫއު ހަވާލުކުރުމުގެ ރިކޯޑު ހެދުމުގެ ގޮތުން މިއަދު 53 ކުންފުންޏަކަށް ބަހާލި 205 މަޝްރޫއުގެ ޖުމުލަ އަގު 2.7 ބިލިއަން ރުފިޔާ އަށް އަރާކަން އެނގިއްޖެ އެވެ.
ބިޑްކުރުމެއް ނެތި ސަރުކާރުން ބޭނުން ބަޔަކަށް އެ މަޝްރޫއުތައް ދިނުމަށް ނިންމީ އިކޮނޮމިކް ކައުންސިލުންނެވެ. މަޝްރޫއުތައް ހަވާލުކޮށްފައި ވަނީ ވެސް ސަރުކާރާ ގުޅުން އޮންނަ ކުންފުނިތަކަކަށެވެ.
ބޯހިޔާވަހިކަމާއި، ސިއްހަތާއި ތައުލީމާއި، ކުނި މެނޭޖްކުރުމުގެ އިތުރުން ކުޅިވަރުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ސަރުކާރާ ގުޅުން އޮންނަ އެކި ކުންފުނިތަކާ މިއަދު ވަނީ ހަވާލުކޮށްފަ އެވެ.
ބޯހިޔާވަހިކަމާއި ބަނދަރު ތަރައްގީކުރުމުގެ 13 މަޝްރޫއުއެއްގެ އަގު 997 މިލިއަން ރުފިޔާ އަރަ އެވެ. ތައުލީމީ ދާއިރާގެ 26 މަޝްރޫއު އަށް 397 މިލިއަން ރުފިޔާ އަރާއިރު ސިއްހީ ދާއިރާގެ 30 މަޝްރޫއުއަކަށް 312 މިލިއަން ރުފިޔާ އަރަ އެވެ.
ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާ އިން ސޮއިކުރި މަޝްރޫއުތަކުގެ އަގު 197 މިލިއަން ރުފިޔާއަށް އަރަ އެވެ.
ފުލުހުންގެ މަރުކަޒުތައް ހިމެނޭ ގޮތަށް ހަވާލުކުރި ޖުމުލަ 39 މަޝްރޫއުއެއްގެ އަގު 114.9 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ކުނި މެނޭޖުކުރުމުގެ 24 މަޝްރޫއުއެއްގެ އަގު 204 މިލިއަން ރުފިޔާ އަށް އަރަ އެވެ.
މިއަދު ސޮއިކުރި މަޝްރޫއުތަކުގެ ތެރެއިން އެންމެ ގިނައިން ފައިސާ ލިބެނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށެވެ. އެ ކުންފުންޏަށް 285.7 މިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކުރާއިރު، ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑްއަށް 171.3 މިލިއަން ރުފިޔާ، އަލާފް ޕްރައިވެޓް ލިމިޓެޑްއަށް 159.6 މިލިއަން ރުފިޔާ އަދި ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑްއަށް 157.3 މިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކޮށްފައިވެއެވެ.
ދިފާއީ ނިޒާމު ވަރުގަދަ ކުރަން ތަފާތު ބުއިމެއް!
ސިންގަޕޫރުގައި ސްކޭމްކުރާ މީހުންގެ ގައިގައި އެއްތެލުން ތަޅަނީ
ފުވައްމުލަކު ފެން ތަޣައްޔަރުވެފައިވާކަމުގެ ޝަކުވާ ރައީސަށް!