ހޮލީވުޑްގެ އެކްޓަރު ބްލޭކް ލައިވްލީއާއި އޭނާގެ ފިިރިމީހާ ރަޔާން ރެނޯލްޑްސްއާ ދެކޮޅަށް ޖަސްޓިން ބެލްޑޯނީ ކުރި އަބުރުގެ ދައުވާ ކޯޓުން ބޭރު ކޮށްލައިފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި ޖަސްޓިންގެ މައްސަލަ ކޯޓުން ބޭރުކޮށްލީ އޭނާގެ ދައުވާއަށް ބަދަލު ގެންނަން ދިން މުހުލަތު ހަމަވީއިރު ވެސް ބަދަލުތަކާއަކު ދައުވާ ހުށައަޅާފައި ނުވާތީ އެވެ.
އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު އާއްމުވި ކޯޓު ލިޔުމެއްގައި ވާ ގޮތުން ޖަސްޓިންއާއި އޭނާގެ ކުންފުނި ކަމަށްވާ ވޭފެއާ ސްޓޫޑިއޯސްއަށް ދައުވާ ބަދަލުކުރަން ދިން ފުރުސަތު ވަނީ ގެއްލުވާލާފަ އެވެ.
އެ ލިޔުމުގައިވާ ގޮތުން ދައުވާ މުރާޖައާ ކުރަން ޖަސްޓިންއާއި އޭނާގެ ކުންފުންޏަށް ފުރުސަތު ދިނީ އޮކްޓޯބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެން ނަމަވެސް އެ ދުވަހާ ހަމަައަށް ވެސް އޭނާގެ ފަރާތުން ދައުވާ އަލުން ހުށައަޅާފައެއް ނުވެ އެވެ.
ނިއު ޔޯކް ކޯޓުގެ މި ނިންމުމާއެކު އެތައް ދުވަހަކަށް ދެމިގެންދިޔަ ޖަސްޓިންއާއި ބްލޭކްގެ ގާނޫނީ ކޯޅުންގަނޑު ރަސްމީކޮށް ނިމުމަކަށް އައީ އެެވެ.
ޖަސްޓިން އެންމެ ފުރަތަމަ އެ މައްސަލަ ހުށައެޅީ އޭނާ ޑައިރެކްޓްކުރި ފިލްމެއް ކަމަށްވާ "އިޓް އެންޑްސް ވިތު އަސް"ގެ ސެޓުގައި އޭނާގެ ފަރާތުން ޖިންސީ ފުރައްސާރަ ކުރިމަތިވި ކަމަށް ބުނެ ބްލޭކް ކުރި ދައުވާއަށް ރައްދު ދިނުމުގެ ގޮތުންނެވެ.
ލަމްއާނަށް ދިނީ ޑިމޯޝަނެއް! އެމްޕީއެލްގެ ބޯޑު މެމްބަރަކަށް
ސާދިމް "ދަބޭކާ ބޯއީ"ގެ ކޭކުތައް މާމީރު!
ބޭރުގައި ދެން ބޭނުންކުރެވޭނީ ފުރާ މީހުންގެ ކާޑު: ބީއެމްއެލް