ބޮލީވުޑްގައި މިހާރު ފިޔަ ޖަހަމުން އަންނަ ގިނަ ތަރިންނަކީ ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން އެކި ކަހަލަ ކުދި ވަޒީފާތައް އަދާކުރި މީހުންނެވެ.
އެގޮތުން މި ލިޔުމުގައި މި ބަލާލަނީ ބޮލީވުޑްގެ ފާހަގަ ކޮށްލެވޭ ބައެއް ތަރިން ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން ކޮށް އުޅުނު މަސައްކަތް ތަކަށެވެ.
ޝާހްރުކް ޚާން
މިހާރު ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރީގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ޝާހުރުކް ޚާންއަކީ ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން ސިނަމާތަކުގައި ޓިކެޓު ވިއްކަން އުޅުނު މީހެކެވެ.
ނަވާޒުއްދީން ސިއްދީގީ
ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ނަވާޒުއްދީން ފިލްމީ ދުނިޔެއަށް ފިޔަވަޅު އެޅުމުގެ ކުރިން މަސައްކަތް ކުރީ މުމްބާއީގެ ހޮޓަލެއްގެ ވޮޗަރެއްގެ ގޮތުގަ އެވެ.
އަނިލް ކަޕޫރު
80ގެ އަހަރުތަކުގައި ސިނަމާތަކުން އެންމެ ނަން ހިނގާލި އަނިލް ކަޕޫރު ފިލްމީ ބަތަލަކަށް ވުމުގެ ކުރިން ކެމެރާގެ ފުރަގަހުން ސްޕޮޓް ބޯއީއެއްގެ ގޮތުގައި މަސައްކަތް ކުރި އެވެ.
އަކްޝޭ ކުމާރު
"ކިލާޑީ"ގެ ނަމުން މަޝްހޫރުވެފައިވާ އަކްޝޭ ކުމާރު ފިލްމީ ދާއިރާއިން މަޝްހޫރު ވުމުގެ ކުރިން ރެސްޓޯރެންޓެއްގެ ވެއިޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރި އެވެ.
އަރްޝަދު ވާރްސީ
ހެއްވާ މަޖާ ރޯލުތަކުން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އަރްޝަދު ވާރްސީއަކީ އެކްޓު ކުރަން ފެށުމުގެ ކުރިން ގެއިން ގެއަށް ކުދި ކުދި ސާމާނު ވިއްކާ އުޅުނު "ސޭލްސްމަން" އެކެވެ.
			"ކަލް ހޯ ނަ ހޯ"ގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ހިއްސާ ކޮށްފި
		
			ޝާހްރުކް ޚާންއަށް 60 އަހަރު!