ބޮލީވުޑްގެ އެންމެ ކާމިޔާބު ތަރި ޝާހްރުކް ޚާންގެ 60 ވަނަ އުފަން ދުވަސް ކުލަގަދަ ގޮތެއްގައި އޭނާގެ ސަޕޯޓަރުން ފާހަގަ ކުރަމުން އެބަދެ އެވެ.
އިއްޔެ ޝާހްރުކް ޚާންއަށް 60 އަހަރު ފުރުނުއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާއަށް ސަޕޯޓުކުރާ އެތައް ބަޔަކު ވަނީ އެކި ގޮތްގޮތަށް މި މުނާސަބަތު ފާހަގަ ކޮށްފަ އެވެ.
އެގޮތުން ޕެެރޫއަށް ނިސްބަތްވާ ދެ މީހަކު މިވަނީ ޝާހްރުކް ޚާން އުފަން ދުވަހާ ގުޅުވައިގެން ފާހަގަ ކޮށްލެވޭ ކަމެއް ކޮށްފަ އެވެ. އެމީހުން ވަނީ ކަމާ ކަންފަށާ ޝާހްރުކް ޚާންއާ ބައްދަލު ކުރަން ދަތުރު ހަދައިގެން ޕެރޫއިން އިންޑިއާއަށް އައިސްފަ އެވެ.
ޝާހްރުކް ޚާން ފޭން ކްލަބެއް ވެސް ހިންގަމުން އަންނަ ކްލޯޑިއާ ބުނީ ޝާހްރުކް ޚާންގެ ފިލްމެއް އެންމެ ފުރަތަމަ ފެނުނު ދުވަހުން ފެށިގެން އޭނާގެ ލޯބީގައި ޖެހުނު ކަމަށާއި އޭގެ ފަހުން ޝާހްރުކް ޚާންގެ ހުރިހާ ފިލްމެއް ބަލާފައިވާނެ ކަމަށެވެ.
އެހާ ދުރުން ދަތުރު ކޮށްފައި އިންޑިއާއަށް އައުމުގެ ބޭނުމަކީ ހަމަ ލޮލުން ޝާހްރުކް ޚާން ދެކިލުމުގެ ހުވަފެން ހަގީގަތަކަށް ހެދުން ކަމަށް ވެސް ކްލޯޑިއާ ބުންޏެވެ.
ކޮންމެ އަހަރަކު ވެސް ޝާހްރުކް ޚާންގެ އުފަން ދުވަސް ފާހަގަ ކުރުމަށްޓަކައި އެތައް ހާސް ބަޔަކު އޭނާގެ ގެ ކަމަށްވާ "މަންނަތު" ކައިރިއަށް އެއްވެ އެވެ. އާދައިގެ މަތިން ޝާހު ވެސް އެ ދުވަހު ގޭގެ ބެލްކަންޏަށް ނުކުމެ އެއްވެ ތިބި މީހުންނާ ސަލާމްކުރެ އެވެ.
ކޮޅުވެއްޓި ހާދިސާގައި ހާލު ސީރިއަސްވި މީހާ މަރުވެއްޖެ
ކެޓްރީނާގެ ފޮޓޯތަކެއް ލީކުވުމުން އާއްމުން ރަތަށް!
ކޮޅުވެއްޓި ހާދިސާގައި ސީރިއަސްވި ދިވެހި ޒުވާނާ ވެސް މަރުވެއްޖެ