ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ޓަވަރު 8ގެ 14 ވަނަ ފަންގިފިލާ އިން މިއަދު މީހަކު ވެއްޓި، މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ހިޔާ ފްލެޓުން މީހަކު ވެއްޓުނުކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 8:32 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ. އެއީ 33 އަހަރުގެ ދިވެހި ފިިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މީހާ ވެއްޓިފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ފެތުރެމުންނެވެ. މަގުމަތީ ޕޭވްމަންޓަށް ވެއްޓިފައި އޮތް އެ މީހާގެ ގައިން ގިނަ އަދަދެއްގެ ލޭ ފައިބާފައިވެ އެވެ.
އެ މީހާ ވެއްޓުނު ސަބަބެއް މިހާތަނަށް ނޭނގެ އެވެ.
އެއް ކަސްރަތަކުން ތަފާތު 8 ބައްޔެއްގެ ނުރައްކާ ކުޑަވޭ!
ސްމާޓް އައިޑީ ކާޑާއެކު ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސަނީ