ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ނުކުރަން ތިމާވެށި ރައްކާތެރިކުރަން މަސައްކަތް ކުރާ ޖަމިއްޔާތަކުން ގޮވާލަމުންދަނިކޮށް، އެ ބާވަތުގެ މަސްވެރިކަން ރާއްޖޭގައި ރަސްމީކޮށް މިއަދު ހުއްދަކޮށްފި އެވެ.
ކުރިން ގަވާއިދުގައި ވާ ގޮތުންް މިޔަރުގެ އެއްވެސް ބާވަތެއް ރާއްޖޭގައި ބޭނުމާއި ހިފުމާއި މެރުމަކީ މަނާކަމެކެވެ. އެހެން ނަމަވެސް މިއަދު ގަވާއިދަށް ގެނައި ބަދަލުގެ ސަބަބުން ކަށިމިޔަރު އާއިލާގެ ހުރިހާ ބާވަތެއް ބޭނުން މިހާރު ހުއްދަވާނެ އެވެ.
ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރީ މަސްވެރިކަމާ ބެހޭ އާންމު ގަވާއިދަށް ބަދަލު ގެނެސްގެންނެވެ. އެބަދަލާއެކު އެ ގަވާއިދު މިހާރު ވަނީ ގެޒެޓުކޮށް އަމަލު ކުރަން ވެސް ފަށައިފަ އެވެ.
ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ކުރައްވާނެ ކަމަށް ރައީސް މުއިއްޒު މުހައްމަދު އިއުލާނު ކުރެއްވީ އޯގަސްޓު މަހުގެ 26 ވަނަ ދުވަހު ހދ. ކުޅުދުއްފުށީގައި ވާހަކަ ދައްކަވަމުންނެވެ.
ކަށިމިޔަރުގެ މަސްވެރިކަން ހުއްދަ ނުކުރަން 60 ޖަމިއްޔާ އާއި 50 ސައިންޓިސްޓުން ރައީސް މުއިއްޒަށް ސިޓީއެއް ފޮނުވި އެވެ. އެ ސިޓީގައި ބުނެފައި ވަނީ ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކޮށްފި ނަމަ އެ އާއިލާގެ މިޔަރު ނިކަން އަވަހަށް ނެތިގޮސްދާނެ ކަމަށެވެ. އެހެން ނަމަވެސް ޖަމިއްޔާތަކުގެ ބަހަށް އެއްވެސް ބެލުމެއް ނެތި ރައީސް މުއިއްޒު އެވަނީ ކަށިމިޔަރު މަސްވެރިކަމަށް ހުއްދަ ދެއްވާފަ އެވެ.
އެންޖެލީނާގެ އީމެއިލްތަކާއި މެސެޖްތައް ހޯދަން ކޯޓުގައި އެދެފި
މުސްލިމުން ބަދުނާމު ކުރާތީ އިމްރާންގެ ފިލްމަށް ފާޑުކިޔަނީ!
ދުންފަތުގެ ޖެނެރޭޝަނަލް ބޭންއަށް އަމަލުކުރަން ފަށަނީ