ދެކުނު ކޮރެއާގެ މަޝްހޫރު ކޭޕޮޕް ބޯއީ ބޭންޑް "ބީޓީއެސް"ގެ ކޮންސެޓެއް އަންނަ އަހަރު އަވަށްޓެރި އިންޑިއާގައި އޮންނާނެ ކަމަށް ހަބަރުތައް ބުނެފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ބީޓީއެސްއިން އަންނަނީ އެމީހުންގެ ވޯލްޑް ޓުއާ ފަށަން ތައްޔާރު ވަމުންނެވެ. އެގޮތުން އިންޑިއާއަކީ އެ ޓުއާގެ މަންޒިލަކަށް ވެދާނެ ކަމަށް ވަރަށް ބޮޑަށް ގަބޫލު ކުރެވެ އެވެ.
އިންޑިއާގެ އިތުރުން ވެސް އެ ބޭންޑްގެ ވޯލްޑް ޓުއާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 20 ސިޓީއެއްގައި ކޮންސެޓް ބާއްވަން ވަނީ ހަމަޖެހިފަ އެވެ.
އިންޑިއާގެ މުމްބާއީގައި ބީޓީއެސްގެ ޝޯއެއް އޮންނާނެ ކަމަށް ލަފާ ކުރެވޭއިރު ލަންޑަން، ޕެރިސް، ލޮސް އެންޖެލަސް އަދި ޓޯކްޔޯއަކީ ވެސް އެ ޓުއާގެ މަންޒިލްތަކަށް ވާނެ ކަމަށް ބެލެވެ އެވެ.
ބީޓީއެސްއިން 2020 ވަނަ އަހަރު ވެސް އިންޑިއާގައި ކޮންސެޓެއް ދޭން ނިންމި ނަމަވެސް ކޮވިޑް 19ގެ ސަބަބުން އެ ކޮންސެޓް ވަނީ ކެންސަލް ކުރެވިފަ އެވެ.
ވޯލްޑް ޓުއާގެ އިތުރުން ބީޓީއެސްގެ ކުރިއަށް އޮތް އަލްބަމްގެ މަސައްކަތް ވެސް ކުރިއަށް ދާއިރު އެ އަލްބަމް އާއްމުންނާ ހިސާބަށް އަންނާނެ ކަމަށް ލަފާ ކުރެވެނީ އަންނަ މާޗު މަހު އެވެ.
މިފަހުން އެ ބޭންޑްގެ ހުރިހާ މެމްބަރުން އަސްކަރީ ހިދުމަތް ފުރިހަމަކޮށް ނިންމާފައިވާއިރު ބޭންޑްގެ "ކަމްބެކް"އަށް މެމްބަރުން އަންނަނީ ތައްޔާރު ވަމުންނެވެ.
ޖޭއެސްސީގެ ރައީސް ކަމަށް ހުސްނީ ހަމަޖައްސައިފި
އުމުރު ފޮރުވަން މަލައިކާ ދޮގު ހެދިކަން ފަޅާ އަރައިފި
އައްނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މާދަމާ ހުށަހަޅަނީ