ރަނގަޅު ހަމަ ނިންޖެއް އޭނާއަށް ނުލިބޭތާ މިހާރު ހަތް މަސް ދުވަސް ވެފައިވާ ކަމަށް ހޮލީވުޑްގެ ކާމިޔާބު ތަރި މޭގަން ފޮކްސް ބުނެފި އެވެ.
މޭގަން މިހެން ބުނެފައިވަނީ ވިހެއުމަށްފަހު ކުރަން ޖެހުނު "ޕޯސްޓް ޕާޓަމް" ތަޖުރިބާއާ ބެހޭގޮތުން މިފަހުން އޮތް އިވެންޓެއްގައި ވާހަކަ ދައްކަމުންނެވެ.
ހޮނިހިރު ދުވަހު ސްކްރީންކުރި އޭނާގެ ފިލްމު "ޖެނިފާސް ބޮޑީ"ގެ ސްކްރީނިންގައި ވާހަކަ ދައްކަމުން މޭގަން ބުނެފައިވަނީ އޭނާ ވިހެއީ އިހަކަށް ދުވަހު ކަމަށާއި ރަނގަޅަށް ނުނިދޭތާ ހަތް މަސް ވެއްޖެ ކަމަށެވެ.
އެހެން ކަމުން އޭނާގެ ވާހަކަ ކޮންމެވެސް ވަރަކަށް ހަމަނުޖެހުން އެކަށީގެންވާ ކަމަށާއި އެކަމަށް މައާފު ކުރުމަށް ވެސް މޭގަން އެދިފައިވެ އެވެ.
މޭގަންއާއި އޭނާގެ ބައިވެރިޔާ މެޝިން ގަން ކެލީއަށް އެމީހުންގެ އަލަތު ދަރިފުޅު ލިބުނީ މިއަހަރުގެ ކުރީކޮޅު އެވެ. އެ ކުއްޖާގެ ނަމަކަޓް އެމީހުން ކިޔާފައިވަނީ ސާގާ ބްލޭޑް އެވެ.
ދަރިއަކު ލިބުމުގެ ތަޖުރިބާގެ އިތުރުން ވެސް މޭގަން ވަނީ އެ ރޭ ސްކްރީންކުރި ފިލްމުގައި އޭނާ ދައްކުވައިދިން ކެރެކްޓަރާ ބެހޭގޮތުން ވެސް ވާހަކަ ދައްކާފަ އެވެ. އޭނާ ބުނީ އެ ފިލްމުގައި އޭނާ ދައްކުވައިދިން ރޯލަކީ އޭނާއާ ވަރަށް ގުޅޭ ރޯލެއް ކަމަށެވެ.
ސަލްމާންއަކީ ޓެރަރިސްޓެއް ކަމަށް ޕާކިސްތާނުން އިއުލާން ކުރީތަ؟
"ސްކުއިޑް ގޭމް"ގެ ތަރި ލީގެ ނަމުގައި ބޮޑު ސްކޭމެއް!
"މޫޑް" ބަދަލުވަނީ މޫސުމުގެ ސަބަބުންތަ؟