ބަންގީގެ އަޑަށް އިހުތިރާމް ކުރުމާ ގުޅޭގޮތުން ދެފުށް ދެގޮތް ކަންތައްތަކެއް ލަވަކިޔުންތެރިޔާ ސޯނޫ ނިގަމްގެ ފަރާތުން ފެނުމުން އޭނާއަށް ފާޑުކިޔުން އަމާޒުވަމުން އެބަދެ އެވެ.
ސޯނޫއަށް ފާޑުކިޔުން އަމާޒުވެފައި މިވަނީ މިފަހުން އިންޑިއާގެ ސްރީނަގަރްގައި ބޭއްވި ކޮންސެޓެއް ކުރިއަށް ދަނިކޮށް ބަންގީގެ އަޑު އިވެން ފެށުމުން ކޮންސެޓް މެދުކަނޑާލުމުންނެވެ.
ސޯނޫގެ މި އަމަލާއެކު މީގެ އަހަރުތަކެއް ކުރިން ލައުޑްސްޕީކަރު ބޭނުންކޮށްގެން ބަންގި ގޮވުމާ ބެހޭގޮތުން އޭނާ ކޮށްފައިވާ ޓްވީޓެއް ވަނީ ފެންމަތިވެފަ އެވެ.
އެ ޓްވީޓުގައި ސޯނޫ ބުނެފައިވަނީ އޭނާއަކީ މުސްލިމެއް ނޫން ކަމަށާއި އެހެން ނަމަވެސް ކޮންމެ ދުވަހަކު ވެސް ބަންގީގެ އަޑަށް އޭނާ ހޭލަން ޖެހޭ ކަމަށެވެ. އެއާއެކު އިންޑިއާގައި އޮތް ދީނީ މަޖުބޫރު ކުރުން ނިމޭނީ ކޮން އިރަކުންތޯ އޭނާ ސުވާލު ކޮށްފައިވެ އެވެ.
ކަން މިހެން އޮއްވައި ބަންގީގެ އަޑަށް ހުރުމަތް އަދާކޮށް ކޮންސެޓް މެދުކަނޑާލުމުން އޭނާއަކީ ދެފުށް ދެގޮތް މީހެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
މީގެ އިތުރުން ވެސް ސޯނޫއަކީ އެކި ފަހަރު އެކި ކަންކަމުގައި އާއްމުންގެ ފާޑުކިޔުން އަމާޒުވާ "މައްސަލަ ބޮޑު" ތަރިއެއްގެ ގޮތުގައި ބެލެވިފައިވާ ތަރި އެކެވެ.
ވިހެއުމަށްފަހު ޖެނިފާ ޕްލާސްޓިކް ސާޖަރީ ހަދަނީ!