މަޝްހޫރު އެކްޓަރު ބޮބީ ޑިއޯލް އޭނާގެ ބޮލީވުޑް ކެރިއަރު ފެށީ މީގެ ގާތްގަނޑަކަށް ތިރީހަކަށް އަހަރު ކުރިންނެވެ. ފުރަތަމަ ފިލްމުން ވެސް ބޮޑު ކާމިޔާބެއް ހޯދި ބޮބީ ޑިއޯލް މިއަދު ވެސް އަންނަނީ ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ.
އެހެން ނަމަވެސް މި ފާއިތުވި އަހަރުތަކުގެ ތެރޭގައި އޭނާއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހި ދިރިއުޅުން އަޑިގުނޑަން ގަނޑަކަށް ވެއްޓުނު އަހަރުތަކެއް ވެސް ދިޔަ އެވެ. ނަތީޖާއަކަށްވީ ރަލުގެ ވަބާގައި ޖެހުމެވެ.
ރާ ބުއިމަށް އެޑިކްޓްވެ އެކަމުގައި ދިރިއުޅުމުގެ ބޮޑު ބައެއް އިސްރާފު ކުރެވުނު ކަމަށް މީގެ ކުރިން ވެސް ބޮބީ ވަނީ ފާޅުގައި އެއްބަސްވެފަ އެވެ.
މިފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ރަލުގެ ވަބާއިން އަރައިގަތުމަށް ކުރި މަސައްކަތާއި ކުރެވުނު ތަޖުރިބާތައް ހިއްސާކޮށްފަ އެވެ.
"އާނ. އަހަރެން އެކަން ހުއްޓާލައިފިން. އޭގެ ފަހުން އަހަރެންގެ ދިރިއުޅުން އެތައް ތަނެއް ރަނގަޅު. މިއީ އަހަންނަށް ލިބުނު ދެވަނަ ފުރުސަތެއް. އޭގެ ފަހުން އަހަރެންގެ ގުޅުންތައް ވެސް ރަނގަޅު" ބޮބީ ބުންޏެވެ.
ބޮބީ ވަނީ މިފަހުން ކާމިޔާބު އުފެއްދުންތަކެއްގައި ހަރަކާތްތެރިވެފަ އެވެ. އެގޮތުން ރަންބީރު ކަޕޫރުއާއެކު ފިލްމު "އެނިމަލް"ގައި އޭނާ ދެއްކި ރޯލަށް ބޮޑު ތަރުހީބެއް ލިބުނުއިރު މިފަހުން ރިލީޒްކުރި "ބޭޑްސް އޮފް ބޮލީވުޑް"އިން ވެސް އޭނާ ފާހަގަ ކޮށްލެވެ އެވެ.
"ގާނޫނާ ހިލާފަށް ވެހިކަލް ރެޖިސްޓްރީ ކޮށްދޭން މެމްބަރުން އެދޭ"
ތަންތަނަށް ދިޔުން މަނާކުރަން އުޅޭ ސަބަބު އެނގިއްޖެ: ޔާމީން