ރަންބީރު ކަޕޫރަކީ އޭނާއާއެކު މަސައްކަތްކުރި ހުރިހާ އަންހެން ތަރިންނާ ވެސް ވަރަށް ގުޅޭ ތަރިއެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ތަރި އެކެވެ.
ބޮލީވުޑްގެ ނަން މަޝްހޫރު ގިނަ އަންހެން ތަރިންނާއެކު ރަންބީރު ސްކްރީން ހިއްސާކޮށްފައިވީ ނަމަވެސް އޭނާ ވަނީ މިވަގުތު އެ ދާއިރާގެ އެންމެ ފުންނާބު އުސް އެއް އަންހެން ތަރި ކަމަށްވާ ސޮނާކްޝީ ސިންހާއާއެކު މަސައްކަތް ކުރަން ދެކޮޅު ހަދާފަ އެވެ.
ހަބަރުތައް ބުނާ ގޮތުގައި މީގެ އަހަރުތަކެއް ކުރިން ސޮނާކްޝީއާއެކު ކުޅެން ލިބުނު ފިލްމަކަށް ރަންބީރު ނޫނެކޭ ބުނެފައިވަނީ އޭނާއަށް ވުރެ ސޮނާކްޝީ "މުސްކުޅި" ކަމަށް ބުނެ އެވެ.
ފާހަގަ ކޮށްލަންޖެހޭ ކަމަކީ ރަންބީރަކީ ސޮނާކްޝީއަށްވުރެ ފަސް އަހަރު ދޮށީ އެކްޓަރެއް ކަމެވެ. އެހެން ނަމަވެސް އޭނާގެ ކަންބޮޑުވުމަކަށްވީ ސޮނާކްޝީގެ ބުރުސޫރައިން މުސްކުޅި ކަމަށް ދެއްކުން ކަމަށްވެ އެވެ.
"ޒޫމް"އަށް ދިން އިންޓަވިއުއެއްގައި ސޮނާކްޝީ ވަނީ އެކަމަށް އަލިއަޅުވާލާފާ އެވެ. އޭނާ ބުނީ ބޮލީވުޑްގައި އަންހެން ތަރިންނަށް ގޮންޖެހުންތަކެއް ހުރިކަމަށާއި އޭނާއަށްވުރެ ދޮށީ ފިރިހެން އެކްޓަރުން ވެސް އޭނާ މުސްކުޅި ކަމަށް ބުނެ އެކުގައި މަސައްކަތް ކުރަން ދެކޮޅު ހަދާފައިވާ ކަމަށެވެ.
ސޮނާކްޝީގެ މި އިންޓަވިއުއާއެކު ރަންބީރުއާ ބެހޭ ގޮތުން ފެތުރުނު ވާހަކަތަކަކީ ހަގީގަތެއް ކަން ހާމަވެފައިވާ ކަމަށް މީހުން އަންނަނީ ބުނަމުންނެވެ.
ކެފެއިން: އާއްމުކޮށް ކުރެވޭ ބައެއް ކުށްހީތައް!
200 އަށްވުރެ ގިނަ ބަނގުރާފުޅިއާ އެކު ބިދޭސީންތަކެއް ހައްޔަރަށް
ޖަސްޓިންއާއެކު އިތުރު ދަރިން ހޯދަން ބޭނުން: ހެއިލީ