ދައުވާ ނުކުރަން ނިންމާ ޖިނާއީ މައްސަލަތަކުގެ ލިޔެކިއުންތައް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުގެ ލަފާ ހޯދައިގެން ނޫނީ ނައްތާނުލުމަށް އެ އޮފީހުން މިއަދު ފުލުހުންނަށް އަންގައިފި އެވެ.
ފޮލިސް ރެކޯޑް ބެެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު ބުނާ ގޮތުން، ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭ ލިޔެކިޔުންތަކާއި އެއްކުރާ ލިޔެކިޔުންތައް، ކަނޑައެޅޭ ނިޒާމުގެ ތެރެއިން ރައްކާކޮށް، ބަލަހައްޓަންވާނެ އެވެ.
ޖިނާއީ ބޮޑު ކުށެއް ހިމެނޭ މައްސަަލައެއް ނަމަ، އަށް އަހަރުދުވަހަށް އަދި އެ ނޫން މައްސަލަތަކުގެ ލިޔެކިއުންތައް މަދުވެގެން ތިން އަހަރު ދުވަަހަށް ބަހައްޓަންޖެހޭނެ ކަމަށް މި ގަވާއިދު ބުނެ އެވެ.
އެކަމަކު ޖިނާއީ މައްސަލަތަކުގެ ތަހުގީގު ނިމި ދައުވާ އުފުލޭ މިންވަަަަރަށް ހެކި ލިބިފައިނުވާ ނަމަ ނުވަތަ ދައުވާ ނުކުރެވޭނެ ކަމަށް ޕީޖީން ނިންމައިފި ނަމަ، އަހަރުދުވަސް ތެރޭ އެ މައްސަލައެއްގެ ލިޔެކިއުންތައް ނައްތާލެވޭ ގޮތަށް މި ގަވާއިދު މިދިޔަ އަންގާރަ ދުވަހު ވަނީ އިސްލާހުކޮށްފަ އެވެ.
މި އިސްލާހާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މައްސަލައެއްގައި ދައުވާއެއް ނުކުރެވޭނެ ކަމަށް ނިންމިޔަސް، އެ މައްސަލައިގެ ލިޔެކިއުންތަކުގެ އަސްލު އެހެން މައްސަލަތަކުގެ ދައުވާތަކުގައި ބޭނުންކުރަންޖެހޭ ހާލަތްތަކެއް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެ ސަބަބަށްޓަކައި ދައުވާނުކުރަން ނިންމާ މައްސަލަތަކުގެ ލިޔެކިއުންތައް ރައްކާތެރިކުރުމާއި އެ ލިއުންތައް ނައްތާލުމާ ގުޅޭ އިރުޝާދެއް، ތަހުގީގީ އިދާރާތަކަށް ފޮނުވުމަށް އެ އޮފީހުން މަސައްކަތް ކުރަމުންދާ ކަމަށް އެ ތަނުން ބުންޏެވެ.
"އެ އިރުޝާދު އެކުލަވާލައި ދިވެހި ފުލުހުންގެ ހިދުމަތާ ހިއްސާކުރެވެންދެން، މި އޮފީހުގެ ލަފާ ލިޔުމުން ހޯދައިގެން މެނުވީ ޖިނާއީ އެއްވެސް މައްސަލައެއްގެ ލިޔެކިޔުންތަކުގެ އަސްލު ނައްތާނުލުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް މިއަދު ވާނީ ދަންނަވާފައެވެ،" ޕީޖީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އާންމު އުސޫލެއްގެ ގޮތުން ކުދި ކުށްތަކުގެ ލިޔެކިޔުން ތިން އަހަރާއި ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ރައްކާ ކުރެ އެވެ. އަދި ބޮޑެތި ޖިނާއީ ކުށްތަކުގެ ލިޔެކިޔުން 10 އަހަރު ވަންދެން ބަހައްޓަ އެވެ.
ޔޫކްރެއިން ހަނގުރާމަ ހުއްޓުވަން އެމެރިކާ އިތުރު ފިޔަވަޅު އަޅަނީ
ޑާކްރެއިންއާއެކު "އަލްވަދާއު" ކިޔަން ތައްޔާރުތަ؟
ކެފެއިން: އާއްމުކޮށް ކުރެވޭ ބައެއް ކުށްހީތައް!