ރޯދަމަހު މާލޭގައި އެންމެ ހަލަބޮލިވާ އެއް ސަރަހައްދަކީ މާރުކޭޓު ސަރަހައްދެވެ. ރޯދަމަހަށް މުދާ ހިފައިގެން މާލެ އައި ދަތުރުވެރިންގެ އިތުރުން ބާޒާރު ކުރަން ނުކުމެ އުޅޭ އާއްމުން ވެސް އެހެން މަސްތަކާ ޚިލާފަށް ރޯދަމަހު އިތުރުވެ އެވެ.
ފަހަކަށް އައިސް ބާޒާރުމަތިން ފާހަގަވާ އެއް ކަމަކީ ބާޒާރުކުރަން ނުކުމެ އުޅޭ އަންހެނުންގެ އަދަދެވެ. ބާޒާރު ކޮތަޅުތައް އަތުން ހިފައިގެން ފިރިހެނުންނާ އެއްހަމައެއްގައި ފައި ހަމަ ކުރަމުން އަންނަ ކަނބަލުންނެވެ.
ދަތުރުވެރިންގެ މާރުކޭޓުގެ އިތުރުން މަސް މާރުކޭޓުގައި ވެސް މިއީ މިހާރު އާއްމުކޮށް ފެންނަ މަންޒަރެކެވެ. ގޮޅިއަކަށްފަހު ގޮޅިއަކަށް ކައިރިވަމުން މުދަލުގެ އަގާއި ކޮލިޓީ ބަލާއިރު ގެންގުޅޭ އުކުޅުތަކާއި ވައްޓަފާޅި ވަކި ފިރިހެނުންނަކާ ތަފާތެއް ނޫނެވެ.
ބާޒާރު ކުރަން އެކަނި އައިސް އުޅެނީ ކީއްވެތޯ އަހާލުމުން ހަރު އުމުރުފުރާގެ ދައްތަ އަކު ބުންޏެވެ.
ހަމަ އެ ސުވާލަށް އެހެން ދައްތައަކު ބުންޏެވެ.
ފާހަގަވާ އަނެއް ކަމަކީ މިކަމުގައި ވަކި އުމުރުފުރައެއް ނެތްކަމެވެ. ހަރު އުމުރުފުރާއިން ފެށިގެން ހަމަ އެންމެ ޒުވާން އުމުރުފުރައިގެ އަންހެނުން ވެސް އެކަމުގައި ހަރަކާތްތެރިވަމުންދާ ކަމެވެ.
މީގެން ވެސް އަންގައިދެނީ މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގައި އޮތް ހަމަހަމަ ކަމެވެ. އެއްވެސް ކަމެއްގައި އަންހެނުން ފިރިހެނުންނަށް ވަކިދޫ ނުކުރާނެ ކަމެވެ.