ޔޯގާ ޕްރޮމޯޓު ކުރި މައްސަލައިގައި ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނާއި އެނިމަލް ވެލްފެއާ މިނިސްޓަރު މަރިޔަމް މާރިޔާ މަޖިލީހަށް ހާޒިރު ކުރުމަށް އިދިކޮޅު އެމްޑީޕީގެ ޕީޖީ ގްރޫޕުން ހުށަހަޅައިފި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު އަމިއްލަ ފަރާތަކުން ހުޅުވި ޔޯގާ ވެލްނަސް ސެންޓަރު ހުޅުއްވާ ދެއްވީ މިނިސްޓަރު މާރިޔާ އެވެ. މާރިޔާ މަޖިލީހަށް ހާޒިރުކުރަނީ ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވުމުންނެވެ.
މާރިޔާއާ ސުވާލު ކުރުމަށް އެމްޑީޕީން އެދެނީ ސެންޓަރު ހުޅުވާދެއްވުމަށް ވަޑައިގެންނެވީ އެކަން ކުރުމަށް ރައީސްގެ ހުއްދައެއް ނުވަތް އިރުޝާދު ލިބިގެންތޯ ބެލުމަށްކަމަށް ބުނެފައިވެއެވެ.
ބެލެންސް ސްޓޫޑިއޯގެ ނަމުގައި މާލޭގައި ހިދުމަތް ދޭން ފެށި ވެލްނަސް ސެންޓަރުގައި ޔޯގާގެ ހަރަކާތް ހިންގާނެކަން އާންމުކޮށް އިޝްތިހާރު ކުރިއިރު އެކަން ނުހުއްޓުވި ސަބަބަކީ ކޮބައިތޯ އާއި މިކަމުގައި ރައީސްގެ އިރުޝާދަކީ ކޮބައިތޯ މިނިސްޓަރު އިހުސާންއާ ސުވާލު ކުރުމަށްވެސް އެމްޑީޕީ ޕީޖީ ގުރޫޕުން ވަނީ ހުށަހަޅާފަ އެވެ.
ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ޔޯގާ މައްސަލައިގައި އޭރުގައި އިދިކޮޅުގައި ތިއްބި މި ސަރުކާރުގެ ބޭފުޅުން ވަނީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔާފަ އެވެ. އެގޮތުން 2022ގައި އިންޑިއާ އެމްބަސީން ޔޯގާ ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތަށް ދީނީ ބައެއް އިލްމުވެރިންނާއި އާންމުން ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުންތަކެއް ވެސް ހިންގި އެވެ.
މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސް
ދިރާގު މާލެ އޯޕަން 2026 – ރަޖިސްޓާކުރުމުގެ މުއްދަތު އިތުރުކޮށްފި
މިއުޒިކީ ދާއިރާއިން "ބްރޭކް"އެއް ނަގަން އެރިއާނާ ނިންމި ސަބަބު!