ގައުމީ ސަލާމަތާ ގުޅުންހުރި ކަމެއްގައި, ސިފައިންނާއި ފުލުހުން މާލެ ސަރަހައްދުގައި މިދިޔަ ރޯދަ މަހު ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނުގައި ހައްޔަރު ކުރި ތިން މީހެއްގެ މައްޗަށް ދައުވާކޮށްފި އެވެ.
އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ، އަބްދުﷲ ހުވައިރިސް ބިން މުހައްމަދު، މ. އެޗީވް، ސައުސަން ރަޝީދު، ހިތަށްފިނިވާގެ/ ގދ. ނަޑެއްލާ އަދި އިބްރާހީމް ވިސާމް، ފިނިފެންމާގެ/ ސ. މަރަދޫ އެވެ.
އެ ތިން މީހުންނަކީ ވެސް ފިރިހެނުންނެވެ.
އެ މައްސަލައިގައި ފުލުހުންނަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތަކީ، މާލެ އާއި މާލެ ކައިރި ރަށަކަށް ޓެރަރިޒަމްގެ ހަމަލާއެއް ދޭން ރޭވި ކަމުގެ މައުލޫމާތު ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ހައްޔަރު ކުރި ތިން މީހުންނަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް)އަށް ތާއީދުކުރާ ބައެއް ކަމަށް އެ މީހުންގެ މައްޗަށް ދައުލަތުން ކުރި ދައުވާގައިވެ އެވެ.
އެ ތިން މީހުންގެ ތެރެއިން ހުވައިސްގެ މައްޗަށް ތިން ދައުވާއެއް ވަނީ ކޮށްފަ އެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި، ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އާއި ހަނގުރާމައަށް މީހަކު ފޮނުވުމަށް މަސައްކަތްކުރުމުގެ ކުށުގެ ދައުވާ އެވެ.
ސައުސަންގެ މައްޗަށް އުފުލީ ދެ ދައުވާއެކެވެ. އެއީ ހަނގުރާމައަށް ދާން އުޅުމުގެ ކުށުގެ ދައުވާ އާއި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.
ވިސާމްގެ މައްޗަށް ކުރަނީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިއުމެއް ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.
ދިރާގުޕޭއިން މި ފަހަރު ބާބާ ގާޑިޔާއިން 1 ރުފިޔާއަށް ޝަވަރުމާއެއް!
ފްލާސްޓިކް ސާޖަރީ ހެދި ކަމަށް ފެތުރޭ އަޑުތައް ސިޑްނީ ދޮގު ކޮށްފި
އުމުރު ތަފާތު ބޮޑު ދެ ލޯބިވެރިންގެ ޒުވާބު ހޫނުވެ، މާރާމާރީއެއް
