ދިވެހި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ކުންފުނި، ޑާކްރެއިން އެންޓަޓެއިންމަންޓްގެ ކުރިއަށް އޮތް "ޕްރޮޖެކްޓް 39"ގެ ނަން ދިމާކުރަން ހުޅުވާލައިފި އެވެ.
ޑާކްރެއިންގެ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި އެ ކުންފުނިން ދެން އެންމެ އަވަހަށް އޮލިމްޕަހަށް ގެންނަ ފިލްމުގެ ނަން ދިމާކުރަން ހުޅުވާލާފައިވާއިރު ޖަވާބުގެ ގޮތުގައި ތިން އިހުތިޔާރެއް ދީފައިވެ އެވެ.
އެގޮތުން އިހުތިޔާރީ ޖަވާބުތަކުގެ ތެރޭގައި ހިމެނިފައިވަނީ އަލްވަދާއު، އުމުރަށް ސަލާމް އަދި ދެން ލަލަލާ އެވެ. މި ޕޯސްޓަށް ގިނަ ބަޔަކު އަންނަނީ ކޮމެންޓް ކުރަމުންނެވެ.
ރަނގަޅު ޖަވާބު ދޭ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް އެ ފިލްމުގެ ޕްރިމިނާ ނައިޓްގެ ޓިކެޓް ލިބޭނެ ކަމަށް ޑާކްރެއިންއިން މައުލޫމާތުދެ އެވެ.
މި ސުވާލަށް ޖަވާބު ދިމާކުރުމުގެ ފުރުސަތު ހުކުރު ދުވަހުގެ 19:59އާ ހަމައަށް ހުޅުވާލާފައިވާއިރު އެ ފިލްމުގެ ނަން އިއުލާން ކުރުމުގެ ހަފްލާ އެ ރޭ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ޑާކްރެއިން އެންޓަޓެއިންމަންޓްގެ އެންމެ ފަހުގެ ފިލްމު "އަލިފާން"އަށް ބޮޑު ތަރުހީބެއް ލިބުނުއިރު އެ ފިލްމު އިއުލާން ކުރަން ވެސް ޑާކްރެއިނުން މިފަދަ އުކުޅެއް ބޭނުންކުރި އެވެ.
އިތުރު ގައުމުތަކުގެ މަރުކަޒުތަކަށް ހަމަލާދޭނަން: އީރާން
އަމިއްލަ ކުންފުނިތަކުގެ އިމްޕޯޓް 14 ޕަސެންޓަށް އިތުރުވެއްޖެ
އެއް ކަސްރަތަކުން ތަފާތު 8 ބައްޔެއްގެ ނުރައްކާ ކުޑަވޭ!