ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީ ގެނެވޭނީ ރައްޔިތުންގެ ގާތަށް ގޮސްގެން ކަމަށް ރައީސް މުހައްމަދު މުއުއްޒު ވިދާޅުވެއްޖެ އެވެ.
މިހާރު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ ނޫމާރާ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންނާއި ގާތަށް ދައުރުގެ ތެރޭގައި ދެފަހަރު ވަޑައިގަތުމަކީ އެމަނިކުފާނު ރިޔާސީ ވައުދުފުޅެއް ކަމަށާއި މިގޮތަށް ރައްޔިތުން ގާތަށް ދިއުމުން ރައްޔިތުންގެ ކަންބޮޑުވުންތައް ރަނގަޅަށް އެނގި، ކަންކަން ހައްލުކޮށްދިނުމަށް މަސައްކަތްތައް ފަސޭހައިން ރާވާލެވޭ ކަމަށެވެ.
ސަރުކާރުގެ ސިޔާސަތަކީ ތަފާތުކުރުމެއް ނެތި ހުރިހާ ރަށަކަށް ވެސް ކަންކަން ކޮށްދިނުން ކަމަށާއި، މިއާއެކު، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.
ރައީސް ވިދާޅުވީ މާލޭގައި ހުންނަވައިގެން ކަންކަން ކުރެއްވުމަކީ އެމަނިކުފާނު ކަންކުރައްވާނެ ގޮތެއް ނޫން ކަމަށެވެ.
ރައީސް ވަނީ އެ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުންނާއި، ރަށުގައި ކުރިޔަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވާފަ އެވެ.
ތަރައްގީ ގެނެވޭނީ ރަށް ތައް ތަރައްގީ ކޮއްގެން. މާލެ ތޮއްޖައްސައިގެނެއް ނޫން.
ރިޕްލައި