މަޝްހޫރު އިންޓަނެޓް ޝަހްސިއްޔަތު ކައިލީ ޖެނާގެ އެންމެ ފަހުގެ ކޮސްމެޓިކް ލޭބަލްއާއެކު މީގެ ދިހަ އަހަރު ކުރީގެ ހަނދާންތައް އާ ކޮށްދީފި އެވެ.
މިދިޔަ ހަފްތާ ބަންދުގައި ކައިލީ އާއްމުކުރި ސްނެޕްޗެޓް ވީޑިއޯ މެދުވެރިކޮށް އޭނާގެ އާ ލޭބަލް "ކިންގް ކައިލީ" ވަނީ ލޯންޗު ކޮށްފައިވާއިރު އެ ވީޑިއޯއާއެކު އޭނާގެ ކެރިއަރުގެ އެންމެ ފުރަތަމަ ދުވަސްތައް ހިތަށް ގެނުވަ އެވެ.
ކަޅު ކުލައިގެ ހެދުމެއްގައި ކައިލީ އޭނާގެ ލޭބަލް ޕްރޮމޯޓް ކުރާއިރު 2016 ވަނަ އަހަރު ކައިލީ ލޯންޗުކުރި މޭކަޕް ބްރޭންޑް "ކައިލީ"އާ އެއްގޮތް ކަމެއް ފާހަގަ ކުރެވެ އެވެ.
އެ ވީޑިއޯގައި އޭނާ ބުނެފައިވަނީ "ކިންގް ކައިލީ" ލޭބަލްއާއެކު އޭނާގެ "ރަން ޒަމާން" އަނބުރާ އައިސްފައިވާ ކަމަށެވެ. އެގޮތުން މިއީ މީގެ އަހަރުތަކެއް ކުރީގެ ޕްރޮޖެކްޓެއްގެ ދެވަނަ ބައިގެ ގޮތުގައި އޭނާ ސިފަކުރެ އެވެ.
ކައިލީގެ އެ ވީޑިއޯގައި އޭނާގެ މަންމަ ކްރިސް ޖެނާގެ ހާއްސަ ފެނިލުމެއް ވެސް ފެނިގެންދިޔަ އެވެ. ދެމައިން އެކުގައި އެ ވީޑިއޯގެ ޝައުގުވެރިކަން އިތުރުކޮށްދެ އެވެ.
ކައިލީއަކީ ކާޑޭޝަން-ޖެނާ އާއިލާގެ މެމްބަރުންގެ ތެރެއިން ހަގު އުމުރެއްގައި ބޮޑު ކާމިޔާބީއެއް ހޯދި މެމްބަރެކެވެ. މިހާރު އުމުރުން 28 އަހަރުގައި އޭނާއަކީ އެ އާއިލާގެ އެންމެ ކާމިޔާބު އެއް މެމްބަރެވެ.