މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (މާނު) ރިޝްވަތު ހިފިކަން ސާބިތުވެ, އޭނާ 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިރޭ ހުކުމްކޮށްފި އެވެ.
ޕީޕީއެމްގެ ވެރިކަމުގައި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރަކަށް އޭނާ ހުރިއިރު 2016 ވަނަ އަހަރު އެ ކުންފުންޏަށް ބައެއް ތަކެތި ގަތުމަށް ހަވާލުކުރި ކުންފުންޏެއްގެ އަތުން ރިޝްވަތުގެ ގޮތުގައި ފައިސާ ނެގި ކަމަށް ބުނެ ކުރި ހަތް ދައުވާގެ ތެރެއިން ދެ ދައުވާއެއް ވަނީ ސާބިތުވެފަ އެވެ.
އޭނާގެ މައްޗަށް ޖުމްލަ އިއްވީ 12 އަހަރާއި ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.
ޕީޕީއެމްގެ ވެރިކަން ނިމުމާއެކު ރާއްޖެއިން ބޭރުގައި އުޅުނު މައުމޫން މިދިޔަ އަހަރު ރާއްޖެ އައުމާއެކު އޭނާ ފުރުން މަނާކޮށް, ޝަރީއަތް ފެށި އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އެމްޑީޕީގެ ވެރިކަމުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ހުރި މުހައްމަދު ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށުގައި ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
ކުލާހުގައި ޓެކްނޮލޮޖީ ބޭނުން ކުރާނަމަ ކިޔެވުމަށް ހުރަސް އެޅޭ!
ފަހި ފުލެޓުތައް ކައިރިން ކުނި ނައްތާލަން 13.5 މިލިއަން ހަރަދުވި
އީރާނާއެކު މިއަދު މަޝްވަރާތައް ފަށާނެ ކަމަށް ޓްރަމްޕް ބުނެފި
