ގިނަ ބަދަލުތަކަކާ އެކު، ދުނިޔޭގެ ޚަބަރު ފަތުރާ އެންމެ ބޮޑު އެއް އެޖެންސީ ކަމަށްވާ ރޮއިޓާސްގެ އާ ވެބްސައިޓް ދައްކާލައިފި އެވެ.
ފެންވަރު ރަނގަޅު ފޮޓޯގްރަފީ އާއި ވީޑިއޯގެ އިތުރުން ގްރެފިކްސްގެ ބޭނުންކޮށްގެން ޑިޒައން ކޮށްފައިވާ މި ވެބްސައިޓަކީ ކިޔުންތެރިން ބޭނުން ކުރަން ފަސޭހަވާނެ ގޮތަށް ޑިޒައިން ކޮށްްފައިވާ ވެބް ސައިޓެއް ކަމަށް ރޮއިޓާސް އިން ބުންޏެވެ.
ގެނެވުނު ބަދަލުތަކުގެ ދަށުން މިހާރު ކިޔުންތެރިން ކިޔަން ބޭނުންވާ ދާއިރާއެއްގެ ލިޔުންތައް ސޯޓްކޮށް އެ ދާއިރާތަކުގެ ލިޔުންތައް އިސްކަންދެވޭނެ އެވެ.
ރޮއިޓާސް އިން ބުުނީ ކުރިއަށް އޮތްތަނުގައި ވެސް ވެބް ސައިޓަށް އިތުރު ބަދަލުތައް ގެންނާނެ ކަމަށާއި ކިޔުންތެރިންނަށް ދޭ ޚިދުމަތް ރަނގަޅުކުރުން ހުއްޓާ ނުލާނެ ކަމަށެވެ.
ހުޅުމާލެ ލަކުޑި ޖެޓީ މަރާމާތުކުރަން ފަށައިފި
ނޭންސީ ގުތުރީ ވަގަށް ނެގުން: ލިބުނު ސިޓީތައް އާއްމު ކޮށްފި
އެއްވެސް ރަށެއްގެ ހެޑްލީސް ވިއްކާލަން ނިންމާފައިނުވާނެ:އެމްޓީޑީސީ