ވަށް ތީނި ނުވަތަ "ފިގް"އަކީ އަހަރުމެންގެ އިސްލާމްދީނުގައި މާތް ކުރައްވާފައިވާ އެ މޭވާއެއް ބޭނުން ކުރުމުގެ ސުންނަތްކަން ގަދަ މޭވާތަކުގެ ތެރެއިން މޭވާއެކެވެ.
ފޮނި ރަހައެއް ހުންނަ ތީނި އަނގައަށް މީރުއިރު އެއިން ލިބޭ ގިނަގުނަ ސިއްހީ ފައިދާތައް ވެސް މިހާރު މިވަނީ ސައިންސްގެ އެހީގައި ސާބިތުވެފަ އެވެ. އޭގެ ތެރޭގައި
ކެންސަރު ބަލިން ދުރުކޮށްދޭ
ވައް ތީނީގައި އެކުލެވޭ ފައިބާގެ ސަބަބުން ގޮހޮރުގެ ކެންސަރާއި އުރަމަތީގެ ކެންސަރުން މީހާ ދުރުކޮށްދީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރިވެދެ އެވެ.
ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދޭ
ވައް ތީނީގައި ހިމެނޭ ފެޓީ އެސިޑްގެ މާއްދާތަކަކީ އެމާއްދާތަކުގެ ސަބަބުން ހިތުގެ ބަލިތަކުން ހަށިގަނޑު ދުރުކޮށްދޭ މާއްދާ ތަކެކެވެ.
ހަކުރު ބަލި ކޮންޓްރޯލް ކޮށްދޭ
ވައްތީނީގައި އެކުލެވޭ ފައިބާ އަދި ޕޮޓޭސިއަމް މާއްދާގެ ސަބަބުން ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެ އެވެ.
ކަށިތައް ވަރުގަދަ ކޮށްދޭ
ވައް ތީނިއަކީ އޭގައި ގިނަ އަދަދަކަށް ކެލްސިއަމް އަދި ޕޮޓޭސިއަމް އެކުލެވޭ މޭވާ އެކެވެ. އާދަކޮށް ވައްތީނި ކެއުމުގައި ބޭނުންކުރާ މީހުންގެ ހަށިގަނޑުގެ ކަށިތައް ވަރުގަދަކޮށް ރަނގަޅުކޮށް ދިނުމުގައި ވައްތީނި މުހިއްމު ރޯލެއް އަދާކުރެ އެވެ.
ސަރުބީ ވިރުވައިދޭ
ވައް ތީނީގައި އެކުލެވޭ ޕެކްޓިން އަދި ފެނަށްގިރޭ ވައްތަރުގެ ޑައެޓްރީ ފައިބާގެ ސަބަބުން ހަޖަމުކުރާ ނިޒާމްގެ ތެރެއިން ފައިބާ ދައުރުކުރަމުންދާއިރު، އެއާއެކުގައި ސަރުބީ ހަށިގަނޑުން ވަކިކޮށް، ބޭރު ކުރެ އެވެ.