އެމެރިކާ އިން ރަޝިއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފި އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ މި ދަތިކުރުމުގެ ފިޔަވަޅުތަކަކީ ރަޝިއާ އިން އެމެރިކާގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމާއި ސައިބާ ހެކިންގެ އިތުރުން އެމެރިކާއަށް ހަމަލާ ދިނުމަށް ތާލިބާނުންނަށް ވާގިވެރިވުމުގެ ނަތީޖާ ކަމަށެވެ.
މި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން ވޮޝިންޓަންގައި ތިބި ރަޝިއާގެ އޮފިޝަލުން އަނބުރާ ގައުމަށް ފޮނުވާލާފައިވާއިރު، ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތައް ވަނީ މަދުކޮށްފަ އެވެ. މިއާއެކު ރަޝިއާ ފައިސާގެ އަގު ދަށްވެ، އެ ގައުމުގެ އިގްތިސާދު މަޑުޖެހިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.
ރަޝިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާރިއާ ޒަކަރޯވާ ވިދާޅުވީ އެއްވެސް މަޝްވަރާއަކާ ނުލާ އެމެރިކާއިން އެޅި ފިޔަވަޅުތަކާމެދު ކަންބޮޑުވާ ކަމަށާއި މި ފިޔަވަޅުތަކުގެ ރައްދު ރަޝިއާއިން ދޭނެ ކަމަށެވެ.
އެމެރިކާއިން ވަނީ ރަޝިއާއާ އެކު އޮތް ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލަން ބޭނުންނުވާ ކަމަށާއި މި ކަމަށް އެދެވޭ ހައްލެއް ރަޝިއާއިން ގެންނާނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފަ އެވެ.
ބޮންޑް"ގެ ފިލްމުތަކަށް އަހަރެންގެ އަގެއް ނުދެއްކޭނެ: ސްޓީވަން
ސަލްމާންގެ އާ "ލުކް"އާއެކު "ތޭރޭ ނާމް"ގެ ހަނދާންތައް އާކޮށްދީފި
ނަޝީދާއި މީކާއީލް ބައްދަލުކުރައްވައިފި