ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުން މުހައްމަދު އާސިފް ވަކިކުރި މައްސަލާގައި, އެ މަގާމަށް އެހެން މީހަކު ނުނަގަން ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު ބާތިލުކުރެވެން ނެތް ކަމަށް އެ ކޯޓުން ނިންމައިފި އެވެ.
މިދިޔަ ޖުލައި މަހު އޭސީޕީގެ މަގާމުން އާސިފް ވަކިކުރީ ކަރެކްޝަންސްގެ ޕްރިޒަންސް ކްލަބުގެ އެކައުންޓުން ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ އެކި އެކައުންޓުތަކަށް ޖަމާކުރި ކަމަށް ބުނާ މައްސަލާގެ ތުހުމަތުގަ އެވެ.
އެ މައްސަލަ އާސިފްގެ ފަރާތުން ކޯޓަށް ހުށަހެޅުމުން އެ މަގާމަށް އެހެން މީހަކު އައްޔަން ނުކުރަން ސިވިލް ކޯޓުން ކުރިން ވަގުތީ އަމުރެއް ނެރެފައި ވަނިކޮށް, އެ އަމުރު މުރާޖާކޮށްދިނުމަށް ދައުލަތުން އެދުނެވެ.
ދައުލަތުން ބުނެފައިވަނީ އާސިފް ކުރަމުން އައި މަސައްކަތް ނުރަސްމީ ގޮތެއްގައި އެހެން މުވައްޒަފުންތަކަކާ ހަވާލުކުރަން ޖެހިފައިވުމުން އެއީ ކަރެކްޝަންސްގެ އާންމު ހިދުމަތަށް އަސަރު ކުރާނެ ކަމެއް ކަމަށެވެ.
ނަމަވެސް ކޯޓުން އިއްޔެ ނިންމި ނިންމުމުގައިވަނީ އޭސީޕީގެ މަގާމުގެ ޒިންމާތަކަކީ އެހެން މުވައްޒަފަކާ ހަވާލުކުރެވިދާނެ ޒިންމާތަކެއްކަން އެނގޭ ކަމަށެވެ. އަދި ވަގުތީ އަމުރު ބާތިލުކުރަންޖެހޭ ތަނެއް ނެތް ކަމަށް އެ ނިންމުމުގައިވެ އެވެ.

އީރާނުން ތެލް އަވީވް ހުސްކުރަން 24 ގަޑިއިރުގެ މުހުލަތެއް ދީފި
އަހަރުގެ ފުރަތަމަ 2 މަސްތެރޭ އާސަންދައާއި ސަބްސިޑީއަށް 2 ބިލިއަން
ތެލަސީމިއާ ތަހަންމަލް ކުރަމުންދިޔަ މުއިއްޒު ނިޔާވެއްޖެ