މަޝްހޫރު ފެޝަން ބްރޭންޑް ލެވިސްގެ ބްރޭންޑް އެމްބެސަޑަރަކަށް ދީޕިކާ ޕަދުކޯންގެ ބަދަލުގައި އާލިއާ ބަޓް ހަމަޖެއްސުމުން ދީޕިކާގެ ސަޕޯޓަރުން ރުޅިގަދަވެއްޖެ އެވެ.
މީގެ ކުރިން އެ ބްރޭންޑްްގެ އެމްބެސަޑަރެއްގެ ގޮތުގައި ދީޕިކާ ހުރި ނަމަވެސް ވަރަށް ފަހުން އެ ބްރޭންޑުން ވަނީ އެ މަގާމަށް އާލިއާ ނަގާފަ އެވެ.
ނަތީޖާއަކަށް ވެގެންދިޔައީ ދީޕިކާގެ ސަޕޯޓަރުން އެކަމާ ރުޅިގަދަވެ އެ ބްރޭންޑް ބޮއިކޮޓް ކުރަން ގޮވާލައި އެ ބްރޭންޑާ ދެކޮޅަށް އިންޓަނެޓުގައި ކެމްޕެއިނެއް ފެށުމެވެ.
އޭގެ އިތުރުން އެ މީހުން ވަނީ އާލިއާއާ ބެހޭގޮތުން ވެސް ތަފާތު ވާހަކަތައް ދައްކަން ފަށައި އޭނާއަށް ޒާތީ ބަސްތައް ވެސް ރައްދު ކުރަން ފަށާފަ އެވެ.
އެގޮތުން އާލިއާއަކީ އަބަދުވެސް ދީޕިކާގެ ކާމިޔާބީއާމެދު ހަސަދަވެރިވާ ފަރާތެއް ކަމަށާއި ދީޕިކާގެ ޕްރޮޖެކްޓްތައް ނެގުމަކީ އެކަމުގެ ހެއްކެއް ކަމަށް އެމީހުން ބުނެ އެވެ.
ދީޕިކާއާއި އާލިއާއަކީ ވެސް ބޮލީވުޑްގައި ނަން މަޝްހޫރު ދެ ފަންނާނުންނަށްވާއިރު އެ ދެތަރިން އެކުގައި އެކި ފަހަރު މަތިން ފެނިފައިވެ އެވެ.