މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހިފި ހަނދުކޭތައަކީ މި ފަހަކަށް އައިސް ރާއްޖެއަށް ފެނުނު އެންމެ ސާފު އަދި އެންމެ ފުރިހަމަ ހަނދުކޭތަ އެވެ.
ހަނދުކޭތައިގެ ވާހަކަ މީޑިއާއަށް ފެންމަތިވި ވަގުތުން ފެށިގެން ގިނަ ބަޔަކު އެ ހަނދުކޭތަ ބަލަން ރޭވުންތައް ރޭވިއިރު ކޭތަ ހިފާފައިހުރި ވަގުތު މާލެއާއި ހުޅުމާލޭގެ ހާމަ މައިދާންތައް ފެނުނީ ވަރަށް ހަލަބޮލި ކޮށެވެ.
އެއާއެކު ދެން ފެނިގެންދިޔައީ ރަތް ހަނދުގެ ފޮޓޯތަކުން މުޅި ސޯޝަލް މީޑިއާ ފުރާލި ތަނެވެ. އެކްސްއާއި ފޭސްބުކްގެ އިތުރުން ސެނެޕްޗެޓްއާއި އިންސްޓަގްރާމްގައި ވެސް އޮތީ ހަމަ އެ އެވެ.
ކޮންމެ ދެ މީހަކުން އެކަކު ކަހަލަ ގޮތަކަށް ހަނދުކޭތައިގެ ފޮޓޯ ކޮންމެވެސް އެއް ޕްލެޓްފޯމެއްގައި ކޭތައިގެ ފޮޓޯ ހިއްސާކުރި އެންމެންގެ "ފީޑް"ގައި އެންމެ ގިނައިން ފެންނަ ފޮޓޯތަަކަކީ ވެސް އެއީ އެވެ.
ރަތް ހަނދު ހަމަ ލޮލުން ބަލާލުމުގެ ބޭނުމުގައި ބޭރަށް ނުކުތް ބައެއް މީހުން ވަނީ ކޭތަ ހިފި ނަމަވެސް ރަތްކަން އެހާބޮޑަށް ފާޅުނުވާ ކަމަށް ވެސް ބުނެފަ އެވެ.
ހަނދުކޭތައިގެ ފޮޓޯތަކުން ސޯޝަލް މީޑިއާ ފުރިފައިވާއިރު ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަކީ ކޭތަ ހިފާ ވަގުތަކީ ޒިކުރު ކުރުމާއި ދުއާ ކުރުމަށް އެދެވިގެންވާ ވަގުތެއް ކަމެވެ.
އެމްޕީއެލްގައި އިތުރު 600 މުވައްޒަފުން، މަހަކު 20 މިލިއަން ރުފިޔާ
ބިސް ރައްކާ ކުރުމުގައި ހެދޭ ގޯސްތަކާއި އޭގެ ރަނގަޅު ގޮތް!
ނޭންސީ ގުތުރީ ވަގަށް ނެގުން: ލިބުނު ސިޓީތައް އާއްމު ކޮށްފި