ހޮލީވުޑްގެ މަޝްހޫރު ތަރި އެންޖެލީނާ ޖޯލީގެ އެންމެ ފަހުގެ ފެނިލުމުގައި އޭނާއަށް އައިސްފައިވާ ބޮޑު ބަދަލުން ގިނަ ބަޔަކު ހައިރާން ކޮށްލައިފި އެވެ.
މިދިޔަ ހަފްތާގައި ލަންޑަނުން އެންޖެލީނާ ފެނުނުއިރު އޭނާގެ އިސްތަށިގަނޑަށް ބޮޑު ބަދަލެއް ގެނެސްފައިވެ އެވެ. އެގޮތުން އާއްމުކޮށް އޭނާގެ އޮންނަ ދިގު ކަޅު އިސްތަށިގަނޑު ކަނދުރާއާ ހިސާބުން ކޮށާލައި "ބްލޮންޑް" ކުލަ ޖައްސާފައިވެ އެވެ.
ހަބަރުތައް ބުނީާ ގޮތުގައި އެންޖެލީނާގެ އިސްތަށިގަނޑަށް މި ގެނައި ބަދަލަކީ އޭނާގެ ކުރިއަށް އޮތް ފިލްމު "އެންޝަސް ޕީޕަލް"އަށް ގެނައި ބަދަލެކެވެ.
"އެންޝަސް ޕީޕަލް"އަކީ 2919 ވަނަ އަހަރު ހަމަ އެ ނަމުގައި ނެރުނު މާކް ފޯސްޓާގެ ކާމިޔާބު ވާހަކަ ފޮތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
އެންޖެލީނާއަކީ އޭނާގެ ވަރުގަދަ ކަޅު އިސްތަށިގަނޑަށް މަޝްހޫރު އެކްޓަރަކަށް ވާއިރު އޭނާގެ އާ "ލުކް"އަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ވެސް ކުރަމުންނެވެ.
މީގެ ކުރިން އެންޖެލީނާއާއި ބްރެޑް ޕިޓްގެ ކައިވެނި ރޫޅުމަށްފަހު ވެސް އޭނާގެ އިސްތަށިގަނޑަށް ވަރަށް ބޮޑު ބަދަލެއް ގެނެސްފައިވެ އެވެ.