އޮސްޓްރޭލިއާގެ މެލްބަންގައި އަންނަ އަހަރު ޖަނަވަރީ މަހު ފަށާ އޮސްޓްރޭލިއަން އޯޕަން ފައިނަލް ބަލާލަން ދަތުރެއް ކާމިޔާބުކުރުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މާސްޓަކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހުޅުވާލައިފި އެވެ.
ބީއެމްއެލް އިން ބުނީ މިއަދުން ފެށިގެން އަންނަ އޮކްޓޯބަރު 31 އަށް، ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތަކުގައި ބީއެމްއެލްގެ ދޫކޮށްފައިވާ މާސްޓަކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ގުރުއަތުގައި ބައިވެރިކުރެވޭނެ ކަމަށެވެ.
ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް އިތުރު އެކަކާއެކު ހަތަރު ދުވަހުގެ ދަތުރެއް ލިބޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ. މީގެ ތެރޭގައި ދެ މީހުންގެ ދަތުރު ޓިކެޓް، ހުރުމާއި، ކެއުމާއި، އަދި ފައިނަލް މެޗުތަކުގެ ޓިކެޓް ހިމެނޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
މި ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ބައިނަލްއަޤްވާމީ މިފަދަ ތަޖުރިބާތައް ހޯދައިދިނުމުގެ ގޮތުން ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގެ ދަށުން ތައާރަފްކުރި ޕްރޮމޯޝަނެއް ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.
60 އަހަރުގައި ލޯބި ލިބޭނެ ކަމަށް ހިއެއް ނުކުރަން: އާމިރު
އައްޑޫއަށް ވަގަށް އެތެރެކުރި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފި
އިސްތަށިގަނޑު މާ ބޮޑަށް ހިރުވަނީ ކީއްވެ؟