ސެންޓަކީ އަހަރުމެންގެ އާއްމު ދިރިއުޅުމުގައި ވަރަށް ގިނައިން ބޭނުން ކުރެވޭ އެއްޗެކެވެ. ބާޒާރުގައި ތަފާތު ވަސްތަކުގެ ސެންޓުތައް ލިބެން ހުންނައިރު އެކި މީހުންނަށް ކަމުދަނީ އެކި ވަސްދުވާ ސެންޓެވެ.
މިހެން އިހުތިޔާރުކުރާ ސެންޓާއި ތިބާގެ މިޒާޖާ ގުޅުމެއް ވާނެ ކަމަށް ގަބޫލު ކުރެވޭ ހެއްޔެވެ؟ ސައިންސްވެރިން ވަންނަނީ ކޮންމެ މީހަކު ވެސް ބޭނުންކުރާ ސެންޓަކުން އެމީހެއްގެ މިޒާޖުގައިވާ ބައެއް ސިފަތައް އަންގައިދޭ ކަމަށް ބުނެފަ އެވެ.
ފްރެޝް ޕާފިއުމް
މިއީ އާއްމު ގޮތެއްގައި ގުދުރަތީ މޭވާތަކާއި އެނޫން ވެސް ސިޓްރަސް ވަސް ދުވާ ސެންޓުތަކެވެ. މިފަދަ ސެންޓުތައް ބޭނުންކުރާ މީހުންނަކީ ދިިރިއުޅުމުގައި އާއްމުކޮށް ވަރަށް ބުރަކޮށް އުޅޭ ވަޒީފާގެ މާހައުލާއި އިޖުތިމާއީ ދިރިއުޅުމުގައި ވެސް ކާމިޔާބު ބައެކެވެ.
ފްލޯރަލް ޕާފިއުމް
މާމަލުގެ ވަސްދުވާ ސެންޓުތައް ބޭނުންކުރާ މީހުންނަކީ "ރޮމޭންޓިކް" ބައެއްގެ ގޮތުގައި މާހިރުން ސިފަކުރެ އެވެ. އެގޮތުން އެމީހުންގެ ހަޔާތުގެ ބައިވެރިޔާއާ އޮންނަ ގުޅުން ވަރުގަދަ ވާނެ ކަމަށް ބުނެވެ އެވެ.
އޮރިއެންޓެލް ޕާފިއުމް
އިރުމަތީ ގައުމުތައް ނުވަތަ "އޮރިއެންޓެލް" ސަރަހައްދުން ލިބޭ އެކި ކަހަލަ ސްޕައިސް ބޭނުންކޮށްގެން އުފައްދާ މި ސެންޓުތައް ބޭނުން ކުރާނަމަ އެކަމުން އަންގައިދެނީ އެ މީހެއްގެ ހިތްވަރުގަދަކަމާއި އިޖުތިމާއީ ގުޅުންތަކުގެ ވަރުގަދަކަން ކަމަށް މާހިރުން ބުނެ އެވެ.
ވުޑީ ޕާފިއުމް
ވުޑީ ޕާފިއުމްތަކަކީ އާއްމުކޮށް ގަސްގަހުގެ ތޮށިންނާއި މުލުން ތައްޔާރުކުރާ ސެންޓުގެ ބާވަތްތަކެކެވެ. އާ ކަންތައްތައް ތަޖުރިބާ ކުރަން ބޭނުންވުމާއި އެހެން މީހުންގެ މެދުގައި މަގުބޫލުކަން ލިބުމަކީ މިފަދަ ސެންޓުތައް ބޭނުންކުރާ މީހުންގެ މެދުގައި އާއްމު ސިފަ އެކެވެ.