ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ 90 އިންސައްތަ މުވައްޒަފުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ސީއެންބީސީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް ދާއިރާ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް މިއަހަރު ވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ވެކްސިން ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ ހެދުމަށް މިހާތަނަށް ޓޫރިޒަމް ދާއިރާގެ ގިނަ ބަޔަކަށް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާކަން މިނިސްޓަރު ޑރ. މައުސޫމް ފާހަގަ ކުރެއްވި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އިއްޔެގެ ނިޔަލަށް 32،000 އަށްވުރެ ގިނަ ރިސޯޓު މުވައްޒަފުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިފަ އެވެ.
ރާއްޖެއަކީ ވެކްސިން މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓު ކުރުމަށް "ވިޒިޓް، ވެކްސިނޭޓެޑް، ވެކޭޝަން"ގެ ނަމުގައި ޕްރޮޖެކްޓެއް ފަށަން ޓޫރިޒަމް މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުން ނެވެ.
ސާދިމް "ދަބޭކާ ބޯއީ"ގެ ކޭކުތައް މާމީރު!
މަސައްކަތްތެރިންގެ ކަންބޮޑުވުންތައް ފާޅުކޮށް އެއްވުމެއް
ސައިފްގެ "ކަރްތަވްޔާ" 15 މެއި ގައި ނެޓްފްލިކްސްއަށް އަންނަނީ