މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސްއިން އިންތިޒާމުކުރި އެމްއެސްޕީއޭ އެވޯޑްސްގައި ޑާކްރެއިން އެންޓަޓެއިންމަންޓްއަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ ބޭއްވި އެ އެވޯޑުގައި ޑާކްރެއިން އެންޓަޓެއިންމަންޓްގެ ފަރާތުން ހެ ފިލްމެއް ބައިވެރި ކުރިއިރު ނޮމިނޭޓްވި 26 ކެޓަގަރީގެ ތެރެއިން ޖުމްލަ 15 ކެޓަގަރީއަކުން އެވޯޑު ލިބިފައިވެ އެވެ.
އެމްއެސްޕީއޭ އެވޯޑްސްގައި ޑާކްރެއިންއަށް ލިބުނު އެވޯޑްތަކުގެ ތެރޭގައި އެކްޓިންއާއި ލަވަކިޔުމުގެ އިތުރުން ޓެކްނިކަލް ކެޓަގަރީތައް ވެސް ހިމެނެ އެވެ.
އެގޮތުން އެ އެވޯޑްސްގައި ޑާކްރެއިންގެ އެންމެ ކާމިޔާބު އެއް ފިލްމަކަށްވީ 2020 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ގޮށްރާޅު" އެވެ. އެ ފިލްމަށް ޖުމްލަ ހަތް އެވޯޑެއް ލިބުނެވެ.
އޭގެ ހިމެނެނީ ތެރޭގައި ބެސްޓް އެސްއެފްއެކްސް މޭކަޕް، ބެސްޓް ވިލަން، ބެސްޓް ޑެބިއުޓް (އަންހެން/ފިރިހެން)، ބެސްޓް އެކްޓަރ، ބެސްޓް ޑިރެކްޓަރ އަދި ބެސްޓް ފިލްމް އެވެ.
ގޮށްރާޅުގެ އިތުރުން އެ ހަފްލާގައި އެވޯޑް ލިބުނު ޑާކްރެއިންގެ އެހެން ފިލްމުތަކުގެ ތެރޭގައި މާމުއި، ވަކިން ލޯބިން، ބީވީމާ އަދި ނޮވެމްބަރ ހިމެނެ އެވެ.
ޑާކްރެއިން އެންޓަޓެއިންމަންޓްއަކީ ދިވެހި މުނިފޫހި ފިލުވުމުގެ ދާއިރާގައި އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ކުންފުންޏަށް ވާއިރު އެ ޕްރޮޑަކްޝަންގެ އުފެއްދުންތަކަކީ ބެލުންތެރިން އަބަދުވެސް ޝައުގުވެރިވާ ތަފާތު އުފެއްދުންތަކެކެވެ.