ޗެނަލް13 ގެ ބްރޯޑްކާސްޓިން ހުއްޓާލަން ބްރޯޑްކާސްޓިން ކޮމިޝަނުން އަންގައިފި އެވެ.

އެ ކޮމިޝަނުން އެފަދައިން އެންގިޔަސް ޗެނަލް13 އިން ބްރޯޑްކާސްޓުކުރުން ކުރިއަށް އެބަ ގެންދެ އެވެ.

މިހާރު އެ ޗެނަލުން ދައްކަނީ ޕީއެންއެފްގެ ޖަލްސާ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގަންނަވާ އެ ޖަލްސާގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ތިބި މަންޒަރު ޓީވީން އެބަފެނެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ފޭސްބުކް ޕޭޖުގައި މިރޭ ލިޔެފައި ވަނީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާގެ (ނ) ގެ ދަށުން މިރޭ 08:00 ން 09:00 އަށް ޗެނަލް-13 ގެ ޕްރޮގްރާމް ޝެޑިއުލް މެދުކަނޑާލުމަށް، އޮގަސްޓް 11، 2025 ގައި މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އަންގާފަައިވާ ކަމަށެވެ.