ގްރޫޕް އޮފް ސިންހާ އެސްޓޭޓް ޕީއެލްސީގެ ދަށުން ހިންގާ ކްރޮސްރޯޑްސް މޯލްޑިވްސް ’އަދަރ އިފެކްޓިވް އޭރިއާ ބޭސްޑް ކޮންޒަވޭޝަން މެޝާޒް‘ (އޯއީސީއެމް)ގެ ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

ކްރޮސްރޯޑްސް އިން ބުނީ، ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓުގެ ފަރާތުން ހުށަހަޅާފައިވާ ކްރޮސްރޯޑްސްއަކީ އޯއީސީއެމް ކެންޑިޑޭޓެއް ކަމަށް ކަނޑައެޅީ ތައިލެންޑްގެ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖުންނެވެ.

މިއީ ތައިލެންޑްގެ ކުންފުންޏަކުން ހިންގާ މަޝްރޫއަކަށް މިފަދަ ޝަރަފުވެރި މޭލުދަނޑިއެއް ހާސިލްކުރެވިފައިވާ ފުރަތަމަ ފަހަރުކަން ފާހަގަކުރަމުން ކްރޮސްރޯޑްސް އިން ބުނީ، އޯއީސީއެމް އަކީ އދ.ގެ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާސިޓީގައިވާ ގޮތުން، ގައުމީ ފެންވަރުގައި ފާހަގަކޮށްފައިވާ ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކުގެ އިތުރުން ގުދުރަތީ ވެށި ރައްކާކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ވެށި ބެލެހެއްޓުމަށް މަސައްކަތްކުރާ ތަންތަން ކަމަށާއި، އޯއީސީއެމްތަކަކީ ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ކުންފުނިތަކާއި އާންމުންގެ ޖަމާއަތްތައް ފަދަ ތަފާތު އެކި ހިއްސާދާރުން ބަލަހައްޓަމުންދާ ތަންތަން ކަމަށެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ގަވާއިދުތަކުގެ ދަށުން އޯއީސީއެމް ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅޭ ތަންތަނަކީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެންޑް ޕްރެޒަވޭޝަން އެކްޓްއާ އޭގެ ދަށުން ހިމެނޭ ގަވާއިދުތަކުގެ ތެރެއިން ހިމާޔަތްކުރެވިފައިވާ ސަރަހައްދަކަށް ވެގެން ނުވާނެކަމަށާއި، އެ ސަރަހައްދަކީ މުއްސަނދި ގުދުރަތީ ވެއްޓެއް ހިމެނޭ، ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބަލަހައްޓަމުންދާ ސަރަހައްދަކަށް ވާން ޖެހޭ ކަމަށް ކްރޮސްރޯޑްސް އިން ބުނެ އެވެ.

ކްރޮސްރޯޑްސް މޯލްޑިވްސް; ކްރޮސްރޯޑްސްއަކީ އޯއީސީއެމް ކެންޑިޑޭޓެއް ކަމަށް ކަނޑައެޅީ ތައިލެންޑްގެ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖުން.

އެސަރަހައްދަަކީ އެތަނެއްގެ ސަގާފަތާއި، އިގުތިސާދާއި އިޖުތިމާއީ އަދި މުޖުތަމައީ އަގުމަގުތައް ދަމަހައްޓާ ތަނަކަށް ވާންޖެހޭއިރު، އެންމެ މުހިންމު ކަމަކަށް، އެ ސަރަހައްދެއްގެ ތެރޭގައި ހިންގާ ހުރިހާ ހަރަކާތްތަކަކީ ގުދުރަތީ ވެށި ރައްކާކޮށް ދެމެހެއްޓެނިވި ގޮތެއްގައި އީކޯސިސްޓަމް ބަލަހައްޓާ ތަނަކަށް ވާންޖެހޭކަމަށް ކްރޮސްރޯޑްސް އިން ބުނެ އެވެ.

ދިވެހިރާއްޖޭގެ އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ 1.75 މިލިއަން އަކަމީޓަރުގެ ކްރޮސްރޯޑްސް މޯލްޑިވްސް ސަރަހައްދަކީ ރަސްމީކޮށް ބަޔޯޑައިވާސިޓީ އޭރިއާއެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ. އަދި މި ސަރަހައްދަކީ އޯއީސީއެމް ކެންޑިޑޭޓެއްގެ ގޮތުގައިވެސް ވަނީ ކަނޑައަޅާފަ އެވެ.

ކްރޮސްރޯޑްސް އިން ބުނީ، މިނިންމުމަކީ އެސްއެޗްއާރުގެ ދެމެހެއްޓެނިވި ތަރައްގީގެ ސްޓްރެޓަޖީގައި ކްރޮސްރޯޑްސް މޯލްޑިވްސްއިން އަދާކުރާ މުހިންމު ދައުރު ދައްކުވައިދޭ ނިންމުމެއް ކަމަށާއި، މި ނިންމުމަކީ ގްލޯބަލް 30x30 އިނިޝިއޭޓިވްގެ ދަށުން 2030 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ ބަޔޯޑައިވާސިޓީގެ 30% ރައްކާކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވެގެންދާނެ ކަމަށެވެ.

"މި ނިންމުމަކީ މި މަޝްރޫއިން އާންމު މުޖުތަމައުއާއި ޖަމިއްޔާ ޖަމާއަތްތަކާއި ސަރުކާރުގެ އިދާރާތަކާ ގުޅިގެން މެރިން އިކޯސިސްޓަމް ރައްކާކުރަން ދެމުން އައި އިސްކަމާއި ކުރާ މަސައްކަތް ދައްކުވައިދޭ ނިންމުމެކެވެ." ކްރޮސްރޯޑްސް އިން ބުނެ އެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގެ ފަރާތުން ދެމެހެއްޓެނިވި ތަރައްގީގެ ރޮންގުން ހާސިލްކޮށްފައިވާ ފާހަގަކޮށްލެވޭ ލަނޑުދަނޑިތަކަކީ:

1- ހައި-ރެޒިލިއަންސް ބަޔޯޑައިވާސިޓީ އޭރިއާ

  • ކޮރަލް ކޮންޒަވޭޝަން : ކްރޮސްރޯޑްސް މޯލްޑިވްސްގެ ކޮރަލް ކޮންޒަވޭޝަން ޕްރޮގްރާމަކީ ފާހަގަކޮށްލެވޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ކޮރަލް ޝޭޑިން ދިރާސާ، ފެނުގެ ކޮލިޓީ ބަލާ ސާވޭއާއި ކޮރަލް ޕްރޮޕަގޭޝަން ފަދަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ. މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އެ ސަރަހައްދުގެ ކޮރަލް އޭރިއާ 2018 އިން 2023 އާ ހަމައަށް 1،300 އަކަމީޓަރުން 1،800 އަކަމީޓަރަށް ބޮޑުވި - މިއީ 500% ގެ ކުރިއެރުމެކެވެ.
  • މެރިން ބަޔޯޑައިވާސިޓީގެ މުއްސަނދިކަން: މި ސަރަހައްދުގައި ޑޮލްފިން ހިމެނޭހެން އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) އިން ’ވަލްނަރަބަލް ޓު ކްރިޓިކަލީ އެންޑޭންޖާޑް‘ ކަމަށް ކަނޑައަޅާފައިވާ 23 ވައްތަރުގެ ދިރުން އުޅެ އެވެ.
  • ޑޮލްފިން ސެންކްޗުއަރީ އެންޑް ކޮމިއުނިޓީ އެންގޭޖްމަންޓް: ކްރޮސްރޯޑްސް އަކީ ޑޮލްޕފިން ސެންކްޗުއަރީއެއްގެ ގޮތުގައި ފާހަގަ ވެފައިވާ ސަރަހައްދެކެވެ. މި ސަރަހައްދުން ފަހުގެ އަހަރުތަކުގައި 246 ދަތުރެއްގައި 7،851 ޑޮލްފިން ފެނިފައިވެއެވެ. މި ޕްރޮގްރާމްގެ ދަށުން ޓުއާ އޮޕަރޭޓަރުންނާ ގުޅިގެން ޑޮލްފިން ބަލަން ދިއުމާ، ސްކޫލުތަކާ ގުޅިގެން ޑޮލްފިން އާ ބެހޭ ހާއްސަ ކްލާސްތައް ނަގައިދިނުމާ ކައިރި ރަށްތަކާ ގުޅިގެން ޑޮލްފިންގެ ވައްތަރުތައް ދެނެގަންނަ ދިރާސާތައް ކުރިއަށް ގެންދެ އެވެ.

2. ސަރަހައްދު ބަލަހައްޓާ މެނޭޖްކުރުމަށް ފުރިހަމަ ޕްލޭނެއް

  • ސަރަހައްދުގެ ބަޔޯޑައިވާސިޓި ރައްކާކުރުމަށް ކްރޮސްރޯޑްސްއިން ގަވާއިދުތައް ތަންފީޒުކުރެ އެވެ. އެގޮތުން ދެމެހެއްޓެނިވި މަސްވެރިކަން ކުރިއަރުވާ، ސަރަހައްދުގައި މޮޓޮރައިސްޑް މޫދު ކުޅިވަރުތައް ހަނިކޮށް، އުޅަނދުފަހަރުގެ ދުވެލި ލިމިޓުކޮށް ސަރަހައްދުގައި މަޑުކުރާ އުޅަނދުފަހަރުގެ ހަރަކާތްތައް ހަނިކުރުމުގެ އިތުރުން ކަނޑުގެ ދިރުންތަކަށް ކާން ދިނުން ފަދަ ހަރަކާތްތައް ހުއްޓުވަ އެވެ.

3. އިޖުތިމާއީ ހަރަކާތްތަކާއި ތައުލީމު

  • ކްރޮސްރޯޑްސް މޯލްޑިވްސްއިން ކުރިއަށްގެންދާ މެރިން ބަޔޯޑައިވާސިޓީ ރައްކާކުރުމުގެ އެންމެ މުހިންމު އެއް ބަޔަކީ އެތަނުގައި ހިންގާ މެރިން ޑިސްކަވަރީ ސެންޓަރެވެ. މި ސެންޓަރުގައި މެރިން ބަޔޮލޮޖިސްޓުން ހިމެނޭ ތަޖުރިބާކާރު ޓީމަކުން ރާއްޖޭގެ އީކޯސިސްޓަމް ރައްކާކުރުމާއި ދެމެހެއްޓެނިވި ހަރަކާތްތައް ހިންގުމާ ބެހޭ ގޮތުން ގެސްޓުންނަށާއި އާންމުންނަށް މަޝްވަރާދެ އެވެ. މި ސެންޓަރަކީ އުގަންނައިދިނުމުގެ ރޮނގުންވެސް ގިނަ ހަރަކާތްތައް ހިމެނޭ ސެންޓަރެކެވެ. މިހާތަނަށް މި ސެންޓަރުން 33 ސްކޫލެއްގެ 2000 އެއްހާ ދަރިވަރުންނަށް މައުލޫމާތު ދީފައިވެ އެވެ.

ކްރޮސްރޯޑްސް މޯލްޑިވްސް އަކީ އެމްބޫދޫ ފަޅުގައި އޮންނަ، އިންޑިއާ ކަނޑުގައި ތަރައްގީކުރި ފުރަތަމަ މަލްޓި-އައިލެންޑް އިންޓެގްރޭޓަޑް މަންޒިލެވެ. ކްރޮސްރޯޑްސް އޮންނަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ 15 މިނެޓު ކައިރީގަ އެވެ. ކްރޮސްރޯޑްސްގައި ހިމެނެނީ ދުނިޔޭގެ މަގުބޫލުކުރަން ލިބިފައިވާ ގްރޫޕް އޮފް ސިންހާ އެސްޓޭޓް ޕީސީއެލްގެ ދަށުން ހިންގާ ތިން ރިސޯޓެވެ. އެއީ ސައި ލެގޫން މޯލްޑިވްސް، ކިއުރިއޯ ކަލެކްޝަން ބައި ހިލްޓަން އަދި ހާޑްރޮކް ހޮޓެލް މޯލްޑިވްސްގެ އިތުރުން އެސްއޯ މޯލްޑިވްސް އާއި ދަ މެރީނާ އެޓް ކްރޮސްރޯޑްސް އެވެ. މިއީ 800 މީޓަރުގެ ލައިފްސްޓައިލް ހަބެކެވެ.