އިޒްރޭލު ހިމެނޭހެން މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ފިނި ހޫނުމިން ރެކޯޑް މިންވަރަށް މަތިވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ފާއިތުވި ހަފްތާގެ ތެރޭގައި އިޒްރޭލުގެ ފިނި ހޫނުމިން އުޅުނީ އެވްރެޖްކޮށް 51 ޑިގްރީ ސެލްސިއަސްގަ އެވެ.

މިއީ އިންސާނުންނާއި ޖަނަވާރުންގެ ދިރި ހުރުމަށް ނުރައްކާތެރި ހޫނެއް ކަމަށް ސައިންސްވެރިން ބުނެފައިވާއިރު ގަދަ ހޫނުގެ ސަބަބުން އިޒްރޭލުގައި ކާރިސާއެއްގެ ހާލަތު ވަނީ އުފެދިފަ އެވެ.

ހީޓްވޭވްގެ ސަބަބުން ދަނޑުވެރިކަމަށް އަސަރުކޮށް ކާބޯތަކެތި ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު ހީވެފައިވާއިރު ގަދަ ހޫނުގެ ސަބަބުން ބައެއް މީހުންގެ ސިއްހީ ހާލަތު ވެސް ދަށްވެފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

އެގޮތުން މި ދުވަސްވަރު އިޒްރޭލުގެ ހާލަތު އެންމެ ރަނގަޅަށް ސިފަ ކޮށްދެމުން އެގައުމުގެ މީހަކު ބުނެފައިވަނީ " ހީވަނީ ނަރަކައެއް ހެން" ކަމަށެވެ.

ގަދަ ހޫނާއެކު އިންސާނީ ކާރިސާއެއްގެ ބިރު އިޒްރޭލަށް ބޮޑުވެފައިވާއިރު އެ ގައުމުގެ އަސްކަރިއްޔާއިން އަދިވެސް އަންނަނީ ފަލަސްތީނުގެ ޣައްޒާއަށް މެދުކެނޑުމެއްނެތި ހަމަލާތައް ދެމުންނެވެ.