ޣައްޒާގައި ގަތުލުއާއްމު ހިންގުމަށް ޔަހޫދީން ބޭނުން ކުރާ ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށް ޖަރުމަނުން ނިންމައިފި އެވެ.
ޖަރުމަނުގެ ޗާންސެލަރު ފްރިއެޑްރިޗް މާޒް ވިދާޅުވީ ޖަރުމަނުން އިޒްރޭލަށް އަސްކަރީ ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށް ނިންމާފައިވާކަމަށެވެ.
ޖަރުމަނުން އަދިވެސް ހަމާސް ނައްތާލުމަށް ތާއީދު ކުރި ނަމަވެސް، މާޒް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޔަހޫދީ ފައުޖުން ޣައްޒާގައި މިހާރަަށްވުރެ އަނިޔާވެރި މިލިޓަރީ އޮޕަރޭޝަނެއް ހިންގުމުގެ ބޭނުން ނުވިސްނޭ ކަމަށާއި، ވަކިގޮތަކަށް އަންގަންދެން ޖަރުމަނުގެ އެ ނިންމުމަށް އަމަލު ކުރާނެ ކަމަށެވެ.
ޖަރުމަނުން މިފަދައިން ނިންމާފައިމިވަނީ ޣައްޒާ އަށް ވެރިވެގަތުމަށް އިޒްރޭލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކެބިނެޓުން ނިންމާފައިވަނިކޮށެވެ.
ޖަރުމަނަކީ އިޓަލީ އާއި އެމެރިކާ ފިޔަވާ އިޒްރޭލަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދޭ ގައުމަށްވާއިރު، އެގައުމުގެ މި ނިންމުމާއެކު އިގްތިސާދީ، އަސްކަރީ އަދި ޑިޕްލޮމެޓިކް ގޮތުން ހުޅަނގުގެ ގައުމުތަކުން އިޒްރޭލަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރުވެގެން ދާނެ އެވެ.
މޮޑެލް ހެދުމަކީ ޝާފިއުގެ ކާމިޔާބު ހޮބީ!
ސްމާޓް އައިޑީ ކާޑާއެކު ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސަނީ
އިތުރު ގައުމުތަކުގެ މަރުކަޒުތަކަށް ހަމަލާދޭނަން: އީރާން