ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ދާއިރާގެ ގޮނޑިތަކަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓުން ބަލިކޮށް ޕީޕީއެމް ކެންޑިޑޭޓުންނަށް އިންތިހާބު ކާމިޔާބު ކުރެވުނީ ކޮވިޑް-19 އާ ގުޅިގެން އެޅި ފިޔަވަޅުގެ ސަބަބުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު ނަތީޖާއާ ގުޅިގެން މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އިންތިހާބުން އެމްޑީޕީ ބަލިވާން ދިމާވި މައިގަނޑު ސަބަބަކީ ކޮވިޑު-19ގެ ސަބަބުން އެޅި ފިޔަވަޅުތަކުގެ ސަބަބުން މާލޭ މީހުންގެ ވިޔަފާރިތަކަށް ގެއްލުންވުމުން ކަމަށެވެ.
އަދި ވިދާޅުވީ އެމްއެމްޕީއާރްސީގެ ތަހުގީގު ނުނިމި ލަސްވުމަކީ ވެސް އެމްޑީޕީ ބަލިވުމުގެ ސަބަބު ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީ ސަޕޯޓަރުންނަކީ ކޮރަޕްޝަނާ އަބަަދުވެސް ދެކޮޅު ބައެއް ކަމަށާއި އަދި ކޮރަޕްޝަންގެ މައްސަލަތައް ނުބެލި ލަސްވާނަމަ އެމްޑީޕީ ސަޕޯޓަރުންގެ ތާއީދު ގެއްލޭނެ ކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، މަރުވެފައިވާ އަދި ގެއްލިފައިވާ މީހުންގެ ހަގީގަތް ނުހޯދި ލަސްވުމަކީ ވެސް އެމްޑީޕީގެ ސަޕޯޓަރުން މާޔޫސްވި ކަމެއް ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ އިންތިހާބުގައި ނާކާމިޔާބުވި ކަންތައް ދެނެގަނެ ސަރުކާރުންން ރަނގަޅުކުރަން ޖެހޭ ކަންތައް ރަނގަޅުކުރައްވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަންތައްތަކެއް ރަނގަޅުކުރަން ޖެހޭނަމަ އެކަން ވެސް ކުރައްވާނެ ރައީސް ވިދާޅުވި އެވެ.
ކޮވިޑެއްނޫން މައްސަލައަކީ، މާލެމީހުނަށް ބޯހިޔާވަހިކަން ނުދީ މުޅި ޕްލޭން އަނބުރާލިކަން ގޯހީ، ވައުދުވި ގޮތައްނުވި އެކަމެއް، އެކަން އެގެންކޮއްފަދެން ލިބޭނެ ވޯޓެއް ނޯންނާނެ، ރައީސައް ވެސްއެނގިލައްވާނެ ރަނގަޅައް ވައުދުވި ގޮތަކަށް ނޫންކަން އެކަންވީ، ވައުދަކީ ގުޅިފަޅު، ފަހު ވަގުތު އެކަންވެސް ނުވި، އަދި ނުވިތާކަށް ހުޅުމާލެއިންވެސ ގޯތިދޭނެ ތަން ނެތްކަމަށް ބުނީ، މާލެ މީހުންގެ ބަހަކަށް ވި ނޯ ގޯތި ނޯ ވޯޓު މިކަން އެމީހުން ކުރީ
ތި ކަންތައްތަކުގެ އިތުރުން - ނާ އިންސާފުން ކަންތައް ކުރުން - އިންސާފުގެ ކުރިމަތީގައި ހަމަހަމަ ކަން ނެތުން. ވަކި ބައެއްގެ މައްސަލަ ތަކުގައި އުންސުރު ހަމަވާއިރި ރައްޔިތުންގެ ފައިސާއިން 31 މިލިއަން ޖަމާ ކުރިހެކި ފެންނަންހުރި އިރު އުންސުރު ހަމަނުވާ ކަމަށް ބުނެ ދައުވާނުކުރަން ނިންމުން. މިފަދަ އެއްވެސް އުންސުރެއްނެތް މައްސަލަ ތަކުގައި ދައުވާކޮށް ޢާއިލާތަށް ބިކަހާލުގައި ޖެެއްސުން. 260 ވަރަކަށް މީހުންނަށް އެމްއެމްޕީއާރސީ އިން ވަގަށް ނެގި ފައސާ ލިބުނު ކަމަށް މީގެ 1 އަހަރު ކުރިން ބުނި. ކޮބައިތޯ އެމީހުން.
ބޭކާރު ވާހަކަ އެއް. ދެއްކޭ ނުދެއްކޭ ވާހަކަ ނޭނގޭ މީހެއް.