ކޮވިޑް-19 ޕެންޑެމިކާއެކު އުމްރާގެ އަޅުކަން މެދުކެނޑިފައި އޮތުމަށްފަހު އަލުން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ސައުދީގެ ހައްޖު މިނިސްޓަރު ޑރ. މުޙައްމަދު ސާލިހު ބިން ތާހިރު ބެންތެން ވިދާޅުވެއްޖެ އެވެ.
އުމްރާއަށް އަންނަ މީހުންގެ ތަޖުރިބާ އިތުރަށް ހަރުދަނާ ކުރުމަށް ބޭއްވި ވާޗުއަލް ފޯރަމް އެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި އުމްރާއަށް މީހުން އައުމުގެ ހުއްދަ ދިނުމުގެ މަރުހަލާގައި ކުންފުނި ތަކާއި އެކި އިދާރާތަކުން އުމްރާގެ ހިދުމަތްތައް ދުނިޔެއަށް އިސްތިހާރުކުރާއިރު މިނިސްޓްރީއިން ބަލާނީ ޓެކްނިކަލް ހައްލުތަކުގެ މައްޗަށެވެ.
"ސައުދީިން މިވަނީ މަޑުމަޑުން އުމްރާއަށް މީހުން އައުމުގެ ހުއްދަ ދޭން ނިންމާފައި. އެކަން ކުރެވިގެން ދާނީ ސިއްހީ ރައްކާތެރިކަމުގެ ފިޔަވަލުތަކާއެކު،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އުމްރާއަށް އަންނަން ބޭނުންވާ މީހުން "އުމްރާ" އެޕްލިކޭޝަނުން އެމީހަކު އުމްރާގެ އަޅުކަން ފުރިހަމަ ކުރަން ބޭނުންވާ ވަގުތެއް ރިޒާވް ކުރަން ޖެހޭނެ ކަމަށެވެ.
އަމިއްލަ ކުންފުނިތަކުގެ އިމްޕޯޓް 14 ޕަސެންޓަށް އިތުރުވެއްޖެ
ޖަލުން ސަންޖޭއަށް ލިބުނު އެންމެ ބޮޑު ފިލާވަޅަކީ މިއީ!
ނޭންސީ ގުތުރީ ވަގަށް ނެގުން: ލިބުނު ސިޓީތައް އާއްމު ކޮށްފި
