އިނގިރޭސިވިލާތުގެ ޕްރިމިއަމް ބްރޭންޑެއް ކަމަށްވާ ވެއިޓްރޯސްގެ މޮޅެތި އުފެއްދުންތައް މިހާރު ވިލާ މާޓުން ލިބޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

ވިލާ މާޓުން ބުނީ އެފަރާތުން އަބަދުވެސް މަސައްކަތް ކުރަނީ ތަފާތު ވައްތަރުގެ އުފެއްްދުންތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

މިގޮތުން މި މަގްސަދުގައި ތައާރަފް ކުރި ވެއިޓްރޯސްއާ އެކު މޮޅު ކޮލިޓީގެ ޗޮކްލެޓު ހިމެނޭ ހެން ކޮންމެ ދުވަހަކު ވެސް ބޭނުންވާ ތަކެތި ލިބޭނެ ކަމަށް ވިލާ މާޓުން ބުނެ އެވެ.

ލަގްޒަރީ ޓްރީޓް އަދި ޗޮކްލެޓް:

ވެއިޓްރޯސް ގެ އުފެއްދުންތަކުގެ ތެރޭގައި ބެލްޖިއަމްގެ މޮޅެތި ޗޮކްލެޓާއި ކްލޮޓެޑް ކްރީމް ފަޖާއި، ނުގެޓްސް ފަދަ ހަދިޔާއަކަށް ދޭން މޮޅެތި އުފެއްދުންތައް ހިމެނެ އެވެ. މިއީ ރަނގަޅު ތަކެތި ބޭނުންކޮށްގެން އުފައްދާފައިވާ ތަކެތި ކަމަށް ވާތީ މިއީ ރަހަމީރު ތަކެއްޗެވެ.

ޕްރިމިއަމް ހަވާދުގެ ބާވަތްތައް:

ކެއްކުމުގެ ރަހަތައް މީރު ކޮށްލުމަށް ބޭނުންވާ ހަވާދާއި ހާބްސް އާއި ކޮންޑިމެންޓްސް ވެއިޓްރޯސްއިން ފޯރުކޮށްދެ އެވެ. މީގެ ތެރޭގައި އެގްޒޮޓިކް ބްލެންޑްސްތައް ކަމަށްވާ ރަސް އަލް ހަނޫތާއި ޒާތަރާއި ސުމަކްގެ އިތުރުން ކޮންމެ ދުވަހެއްގެ ވެސް ކެއްކުމަށް ބޭނުންވާ ލޮނުމެދާއި ޕަޕްރިކާ، އޮރެގާނޯ އަދި އެކި ވައްތަރުގެ އިޓާލިއަން ސީޒަނިން ލިބެން ހުރެ އެވެ. މީގެ އިތުރުން ވެސް ކެއްކުންތަކުގައި ރެސްޓޯރެންޓް ކޮލިޓީގެ ރަހަތައް ލައްވާލުމަށް ޓްރަފްލް ސޯލްޓާއި ހިމާލިއަން ޕިންކް ސޯލްޓާއި ސިޓްރަސީ ލައިމް ލީވްސް ވެސް ވެއިޓްރޯސް އިން ފޯރުކޮށްދެ އެވެ.

ވިލާ މާޓުގެ ފިހާރައެއްގައި ވެއިޓްރޯސްގެ އުފެއްދުންތައް ވިއްކަން ބަހައްޓާފައި. ފޮޓޯ: ވިލާ ޓްރޭޑިން

ކެއްކުމަށް ބޭނުންވާ އެހެނިހެން ސާމާނު:

ވެއިޓްރޯސް އިން އަންނަނީ ޕޭންޓްރީ އަށް ބޭނުންވާ ތަކެތި ވެސް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި ޗިކްޕީސް ދަޅާއި، ރަތް ކިޑްނީ ބީންސް އާއި ޓޯމާޓޯ އާއި ޓޯމާޓީ ޕިއުރީގެ އިތުރުން ޕައްސަޓާ ސޯސްއާއި ކާށިތެލާއި ކިރުވެސް ހިމެނެ އެވެ. އަދި ޒައިތޫނި ތެލާއި، ޓޯސްޓެސް ސެސިމީ ތެލާއި، ރޯސްމެރީ ގާލިކް އަދި ތައިމް ތެޔޮ ވެސް މީގެ ތެރޭގައި ހިމެނެ އެވެ.

ކޮންމެ މުނާސަބަތަކަށް ވެސް ބޭނުންވާ ޕާސްޓާ އާއި ގޮވާމުގެ ބާވަތްތައް:

ހަފްތާ އާއި ހަފްތާބަންދު ގެ އެކި ކެއްކުންތަކަށް ބޭނުންވާ ވައިޓްރޯސް އިން ފޯރުކޮށްދެ އެވެ. އެގޮތުން މިބްރޭންޑުން ފޯރުކޮށްދޭ ޕާސްތާގެ ވައްތަރުތަކުގެ ތެރޭގައި ހޯލްވީޓް ފުސިލީ އާއި އެގް ޕަޕަޑެލް އާއި ގްލޫޓެން ފްރީ ރެޑް ލެންޓިލް ޕާސްޓާ ހިމެނޭއިރު، ކީންވާ އާއި ބްރައުން ބާސްމަތީ ރައިސް އާއި ޕާލް ބާލީ ފަދަ ސިއްހަތަށް ފައިދާ ހުރި ގޮވާމުގެ ބާވަތްތައް ހިމެނެ އެވެ.

ނަޓްސް، އޮށް އަދި ހިކި މޭވާ:

ހުހާ ކާލުމަށާއި، ތަކެތި ހަދާއިރު ބޭނުންކުރުމަށް ހާއްސަ ބާވަތްތައް ވެސް ވެއިޓްރޯސް އިން ފޯރުކޮށްދޭއިރު، މީގެ ތެރޭގައި ހިމެނެނީ ކެޝޫ އާއި އަލްމަންޑާއި، ވޯލްނަޓާއި، ޕިސްޓާޝިއޯ އާއި ޗިއާ ސީޑްސް އާއި ސަންފްލާވާ ސީޑްސް އާއި ޕަމްޕްކިން ސީޑްސް އާއި ކަދުރާއި، އެޕްރިކޮޓް އާއި ކްރޭންބެރީ ފަދަ ސިއްހަތަށް ލޯބި ކުރާ ފަރާތްތަކަށް މުހިންމު ތަކެތި ހިމެނެ އެވެ.

ވިލާ މާޓުގެ ފިހާރައެއްގައި ވެއިޓްރޯސްގެ އުފެއްދުންތައް ވިއްކަން ބަހައްޓާފައި. ފޮޓޯ: ވިލާ ޓްރޭޑިން

ބްރޭކްފާސްޓް އަދި ބޭކިން:

ސުވަހުގެ ފެށުން ސިއްހަތަށް ފައިސާ ހުރި ގޮތެއްގައި ފެށުމަށް ހޯލްސަމް ގްރެނޯލާ، އޯޓްސް، ހޯލްގްރެއިން ސީރިއަލް ފޯރުކޮށްދޭއިރު، ވެއިޓްރޯސް އިން ބޭކަރުންނަށް ބޭނުންވާ ހަކުރާއު ފުށާއި ކޭކު ރީތިކުރުމަށް ބޭނުންވާ ޗޮކްލެޓް ތަރިއާއި ސިލްވާ ބޯލްސްވެސް ފޯރުކޮށްދެ އެވެ.

ކައްކަން ބޭނުންކުރާ ސޯސް އަދި އެކި ވައްތަރު ސްޕްރެޑްތައް:

މީގެތެރޭގައި ބަޓާ ޗިކަން، ބަލްޓީ، ކޮރްމާ އެންޑް ފަހީޓާ ސްޓާފްރައި ސޯސްތަކާއި، ފިޝް ސޯސްއާއި، ޓަހީނީ އަދި ކެޓްޖަޕް މަނިސް ނޫޑުލްސް އާއި ކުސްކުސް އާއި ޗަޓްނީ ފަދަ ކެއްކުމުގެ ރަހަތައް މީރުކުރަން ބޭނުންކުރާ ތަކެތި ހިމެނެ އެވެ.

މިއާއެކު ވިލާމާޓުން އަލށް އެތެރެކުރަން ފެށީ މި ބްރޭޑުން ސްޓްރޯބެރީ ޕްރިޒާވްސް އާއި މާމަލޭޑްސް އާއި ފްރުޓް ޗަޓްނީ އާއި ސާފު މާމުއި، މަނުކާ މާމުއި، ނަޓް ބަޓާ، އަދި ހެޒްލްނަޓް ސްޕްރެޑްގެ އިތުރުން ސްޓެމް ޖިންޖާ ޕްރިޒާވް ވެސް ފޯރުކޮށްދެ އެވެ.

ވެއިޓްރޯޒްގެ ކޮފީ ކަލެކްޝަން:

އެކި ވައްތަރުގެ މީރު ކޮފީ ފޯރުކޮށްދޭ މި ބްރޭންޑުން އަންނަނީ ކެންޔާ އޭއޭ، ފްރެންޗް ސްޓައިލް، ކޮލަމްބިއަން، ޖާވާ، އަދި ޑިކެފް ކޮފީ ވެސް ފޯރުކޮށްދެމުންނެވެ.

ވިލާ މާޓުގެ ފިހާރައެއްގައި ވެއިޓްރޯސްގެ އުފެއްދުންތައް ވިއްކަން ބަހައްޓާފައި. ފޮޓޯ: ވިލާ ޓްރޭޑިން

މި ބާވަތްތަކުގެ އިތުުރުން ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ގަޔާވާ މޮންސްޓާ، ބޫސްޓް އަދި ފެންޓާ އާއި ހަރިބޯ ވެސް ފޯރުކޮށްދޭ މި ބްރޭންޑްގެ ތަކެތި ވިލާ މާޓުގެ ކޮންމެ ފިހާރައަކަށް ޒިޔާރަތްކުރުމުން ވެސް ލިބޭނެ ކަމަށް އެފަރާތުން ބުނެ އެވެ.

ވިލާ ޓްރޭޑިންގެ ދަށުން ހިންގާ މި އުފެއްދުންތައް ހޯލްސޭލްކޮށް ވެސް ލިބެން ހުރެ އެވެ. ހޯލްސޭލް އާ ބެހޭ މައުލޫމާތު ސާފުކުރަން 7667711 ނުވަތަ އީމެއިލް [email protected] ގުޅުއްވާށެވެ.