ހޯމަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި 40 އަހަރުގެ ފިރިހެން މީހާއަށް އަދިވެސް ފަރުވާ ދެނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

ބޮޑުތަކުރުފާނު މަގު މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި މި އެކްސިޑެންޓުގައި މަގު ހުރަސްކުރަން އުޅެނިކޮށް އަނިޔާވީ ބ. ތުޅާދޫއަށް ނިސްބަތްވާ އިބްރާހިމް ސިރާޖް، 40، އަށެވެ.

ދުވަން ނުކުމެ އުޅެނިކޮށް ދިމާވި މި ހާދިސާގެ ސަބަބުން ސިރާޖުގެ ބޯ ފެޅުމުގެ އިތުރުން މޫނުގެ ބައެއް ކަށިތަކާއި ބައެއް މޭކަށިތައް ބިނދި، އޭނާގެ ހާލު ސީރިއަސް އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، 40 އަހަރުގެ މީހާއަށް ހޮސްޕިޓަލުގެ އައިސީޔޫގަައި ފަރުވާދެމުންދާއިރު، 16 އަހަރުގެ ކުއްޖާއަށް ފަރުވާދެމުން ދަނީ ވޯޑުގައި އެވެ.

އޭނާގެ އިތުރުން ސިރާޖުގެ ގައިގައި ޖެހުނު ސައިކަލު ދުއްވަން އިން ޔޫސުފް އަލްސަން މުހައްމަދު، 17 ނިޔާވެފައިވާއިރު، ސައިކަލު ފަހަތުގައި އިން ކުއްޖާއަށް ލިބުނު ގެއްލުމެ ތަފުސީލެއް ލިބިފައެއް ނުވެ އެވެ.

މި އެކްސިޑެންޓުގައި ނިޔާވި އަލްސަން އަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ތޭރަވާ އާއި އަޝްފާގެ ހުރި ހަމައެކަނި ދަރިފުޅެވެ.