ހުޅުވައިގެން ތިން ދުވަސް ނުވަނީސް އިންޑިއާގެ އެކްޓަރު އަދި ކޮމީޑިއަން ކަޕިލް ޝަރްމާގެ ކެނެޑާ ކެފޭއަށް ބަޔަކު ބަޑީގެ ހަމަލާއެއް ދީފި އެވެ.
މިދިޔަ އަންގާރަ ދުވަހު ކެނެޑާގެ އިންގްލިޝް ކޮލަމްބިއާ ސަރަހައްދުގައި ކެޕްސް ކެފޭގެ ނަމުގައި ކަޕިލް ހުޅުވި އެ ކެފޭއަށް ބަޑިން ހަމަލާ ދީފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ އެވެ.
ބަޑީގެ ވަޒަންތައް ކެފޭގެ ބިއްލޫރި ކުޑަދޮރުތަކަށް އަރާފައިވާއިރު މިއީ އަލަށް ހުޅުވި އެ ރެސްޓޯރެންޓަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެކެވެ.
ހަބަރުތައް ބުނާ ގޮތުގައި ބަޑީގެ ހަމަލާތައް ދީފައިވަނީ ކެފޭގެ މުވައްޒަފުން މަސައްކަތް ކުރަމުން ދިޔަ ވަގުތެއްގައި ނަމަވެސް އެއްވެސް މުވައްޒަފަކަށް ގެއްލުމެއް ނުވެ އެވެ.
ކެޕްސް ކެފޭއަށް ބަޑިން ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު އެ ހަމަލާއަކީ ކަލިސްތާނީ ގޭންގުން ދިން ހަމަލީާއެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެ ހަމަލާއާއެކު އެ ކެފޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަމަލާގެ ސަބަބުން ކުއްލި ސިހުމެއް ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް ހިތްވަރު އެލުވާނުލާނެ ކަމަށެވެ.
ކަޕިލްއާއި އޭނާގެ އަންހެނުން ޖިނީ ގުޅިގެން ކެނެޑާގައި ހުޅުވި ކެޕްސް ކެފޭއަކީ އެންމެ ފަހުގެ ޒަމާނީ ސްޓައިލަށް ހަދާފައިވާ ކެފޭ އެކެވެ.
ބާލީސްތައް އެންމެ ފަހުން ބަދަލުކުރީ ކޮން އިރަކު؟
ބިސް ރައްކާ ކުރުމުގައި ހެދޭ ގޯސްތަކާއި އޭގެ ރަނގަޅު ގޮތް!
އާސިފަށް އަލުން ވަޒީފާ ދިނުން ހައިކޯޓުން ހުއްޓުވައިފި